އެއްކޮށް އުޅެވޭ މީހުންގެ އަދަދު ފަހަކަށް ދަށްކޮށް، މާލޭގެ ކާފިއުގެ މުއްދަަތު އިތުރުކޮށްފި

މާލެ ސަރަައްދުގެ އާންމު ތަންތަނުގައި އާންމުތަންތަނުގައި އެއްކޮށް އުޅޭ މީހުންގެ އަދަދު ދަށްކޮށް ކާފިއު ހިންގާ މުއްދަތު އިތުރު ކޮށްފި އެވެ. ޑިރެކްޓާ ޖެނެރަލް އޮފް ޕަލްބިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއ...

04 Mar 2021 | 17:39

މާލެ ސަރަައްދުގެ އާންމު ތަންތަނުގައި އާންމުތަންތަނުގައި އެއްކޮށް އުޅޭ މީހުންގެ އަދަދު ދަށްކޮށް ކާފިއު ހިންގާ މުއްދަތު އިތުރު ކޮށްފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަލްބިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވާފައިވާ އެންގުމެއްގައި ބުނެފައިވަނީ މާދަމާއިން ފެށިގެން ހަތް ދުވަހަސް މާލެ ސަރަހައްދުގައި އާންމު ތަންތަނުގައި އެއްކޮށް އުޅެވޭނީ ފަސް މީހުންނަށް ކަމަށެވެ. އަދި އާންމު ތަންތަނަށް އެއްވެ އުޅުން ހުއްޓާލުމަށް އަންގާ ކަމަށެވެ.

އެޗްޕީއޭގެ އެންގުމުގަ ވާގޮތުން ރޭގަނޑު ކާފިއު ހިންގާ މުއްދަތުވެސް އިތުރު ހަތް ދުވަހަށް ވަނީ އިތުރުކޮށްފަ އެވެ. ކާފިއު ހިންގާނީ ކޮންމެ ރެއަކު 11:00 ފަތިހު 4:30 އަށެވެ.

ކުރިޔަށް އޮތް ހަތް ދުވަހަށް ކޮލެޖު، ޔުނިވާސިޓީތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައި ދިނުން ހުއްޓާލަން އަންގާފައިވެ އެވެ.

މުއްދަތެއް ނެތްގޮތަށް މާލެ ސަރަހައްދުގައި ހުއްޓާލަން އަންގާފައިވާ ކަންކަމުގެ ތެރޭގައި ޕްރީ ސްކޫލްތަކާއި ނާސަރީތަކާއި ޑޭކެއާ ސެންޓަރުތައް ހުއްޓާލުން ހިމެނެ އެވެ. ހާއްސަ ހުއްދައިގެ ދަށުން އަތޮޅުތެރެއަށް ދާ ފަރާތްތަކުން 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ޓެސްޓު ހުށަހަޅަން ޖެހެ އެވެ.

ކާފިއު ހިންގާ ވަގުތުގައި އެޗްއީއޯސީގެ ހުއްދަ އާއި ފުލުހުން ދޫކުރާ ހުއްދައިގެ އޮންނަ މީހުންނަށް މަގުމަތީގައި އުޅެވޭނެ އެވެ.

އެޗްޕީއޭއިން އަންގާފައިވާ އެންގުންތަކަށް އާންމުން އަމަލު ކުރޭތޯ ބަލައި ފިޔަވަޅު އެޅުމަށް އެޗްޕިއޭއިން ފުލުހުންނާއި ކަމާ ބެހޭ ފަރާތްތަކަށް އަންގާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް