މާލޭގެ ޕާކުތަކާއި ދުވާ ޓްރެކާއި ސިނަމާތައް ބަންދު ކުރަން އަންގައިފި

މާލެ ސަރަހައްދުގައި މީހުން ދުވަން ހަދާފައިވާ ޓްރެކާއި ސިނަމާތަކާއި ޕާކުތައް ބަންދު ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ. ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނ...

04 Mar 2021 | 17:29

މާލެ ސަރަހައްދުގައި މީހުން ދުވަން ހަދާފައިވާ ޓްރެކާއި ސިނަމާތަކާއި ޕާކުތައް ބަންދު ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ މި ފިޔަވަޅުތައް އަޅަން ނިންމީ ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ކަމަށެވެ. ޕާކުތަކާއި ސިނަމާތަކާއި ދުވާ ޓްރެކް ބަންދު ކުރަން އެންގީ ހަތް ދުވަހުގެ މުއްދަތަށެވެ.

އެންގުމުގައި ބުނެފައިވާ ގޮތުގައި އެކަނި ކުރާ ކަސްރަތުތައް ފިޔަވާ އެހެނިހެން ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހަތް ދުވަހަށް ގެންގުޅުން ވަނީ މަނާކޮށްފަ އެވެ. އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރޭގަނޑު ބަންދު ކުރާ ގަޑިއަކީ 8:00 ކަމުގައި ހަމަޖައްސާފަ ވެ އެވެ.

މުއްދަތެއް ނެތް ގޮތަށް މާލެ ސަރަހައްދުގައި މަނާކޮށްފައިވާ ކަންކަމުގެ ތެރޭގައި ޖިމްތަކުގައި އެކަނި ކުރާ ކަސްރަތުތައް ކުރާގޮތަށް ހަމަޖެއްސުން ހިމެނެ އެވެ.

އެޗްޕީއޭއިން ބުނީ ކުރިން ވަކި ޕާކުތަކެއްގައި ކަސްރަތު ކުރުމުގެ ހުއްދަ ދިން ނަމަވެސް މާދަމާއިން ފެށިގެން ހުއްދަ ނޯންނާނެ ކަމަށެވެ.

އެޗްޕީއޭއިން އަންގާފައިވާ އެންގުންތަކަށް އާންމުން އަމަލު ކުރޭތޯ ބަލައި ފިޔަވަޅު އެޅުމަށް އެޗްޕިއޭއިން ފުލުހުންނާއި ކަމާ ބެހޭ ފަރާތްތަކަށް އަންގާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް