ކޯވިޑަށް ޕޮސިޓިވްވި އަދަދު 167 ގައި

އިތުރު 167 މީހުން މިއަދު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. މިއަދު ޕޮސިޓިވްވެފައިވަނީ މާލެ އިން 135 މީހުންނެވެ. އަތޮޅުތެރެއިން 17 މީހުން ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން ޕޮސިޓިވްވެފައިވަނީ 15 މީހުނ...

04 Mar 2021 | 17:18

އިތުރު 167 މީހުން މިއަދު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

މިއަދު ޕޮސިޓިވްވެފައިވަނީ މާލެ އިން 135 މީހުންނެވެ. އަތޮޅުތެރެއިން 17 މީހުން ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން ޕޮސިޓިވްވެފައިވަނީ 15 މީހުންނެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 4،089 ސާމްޕަލެވެ.

މިހާރު ކޯވިޑަށް ފަރުވާ ދެމުން ދަނީ 2،664 މީހުންނަށެވެ. އޭގެ ތެރެއިން 180 މީހުންނަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ގެންނެވެ.

ބައްޔަށް ފަރުވާ ދެމުންދާ މީހުންގެ ތެރެއިން 17،712 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދު ވަނީ އުމުރުން 67 އަހަރުގެ މީހަކު މަރުވެފަ އެވެ. މިއީ މި ބަލީގަ މި މަހު މަރުވި ދެ ވަނަ މީހާ އެވެ.

މިހާތަނަށް ކޯވިޑް ޖެހިގެން 64 މީހުން ވަނީ މަރުވެފަ އެވެ.

ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު މިއަދު ވަނީ 20،447 އަށް އަރާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް