އުމުރުން 10 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައިގަ ހައްޔަރު ކޮށްފައިވަނީ34 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ އެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައުވަނީ ނ، ރ، ބ އަދި ޅ. އަތޮޅު ހިމެނޭ ނޯތް ޕޮލިސް ޑިވިޝަންގެ ރަށަކުންނެވެ. ފުލުހުން ބުނީ އެމީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ހިންގުމަށް ކޯޓުން 15 ދުވަސް އިތުރުކޮށްދީފަ ވާކަމަށެވެ.
ފުލުހުން ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކަކީ އެ އިދާރާއިން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގަ ތަހުގީގު ކުރާނެ މައްސަލަތަކެއް ކަމަށެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއް ފެންމތިވެފަ މިވަނީ މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު އެވެ.
މިދިޔަ އަހަރަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން ފުލުހުންނަށް ގިނަ މައްސަަލަތަކެއް ހުށަހެޅުނު އަހަރެކެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު މައްސަލައަކީ ގއ. ކަނޑުހުޅުދޫގައިި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އެވެ.
އެ މައްސަލައިގަ އެ ކުއްޖާގެ ކާފަ އާއި މުނިކާފަގެ މައްޗަށް ދައުލަތުން ވަނީ ޖިންސީ ގޯނާގެ ދައުވާ އުފުލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް