ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ ދިވެއްސަކު ނިޔާވެ، ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު 64ށް އަރައިފިއެވެ.
މިއަދު ހަވީރު ނިޔާވެފައިވާ މި މީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން އައި ދިވެހި ފިރިހެނެކެވެ.
ރާއްޖޭގައި ކޮންމެ ދުވަހަކު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުވެސް ދަށަށް ނުގޮސް އެއްވަރެއްގައި ހިފެހެއްޓިފައި ހުރެއެވެ. އެގޮތުން އިއްޔެ ރާއްޖެއިން ކޮވިޑަށް 136 މީހުން ފައްސިވެފައި ވެއެވެ. އަދި މިވަގުތު ހޮސްޕިޓަލުގައި 187 މީހަކަށް ފަރުވާ ދެމުން އެބަ ގެންދެއެވެ.
މިހާތަނަށް ރާއްޖެއިން 20،280 މީހުން ކޮވިޑަށް ފައްސިވެފައިވެއެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 17،595 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް