އައްޑޫއަށް ގެންނަ އަސްތައް އެމްއެސްއެސްގެ ބޯޓަށް އަރުވައިފި

އައްޑޫ ސިޓީއަށް ގެންނަ އަސްތައް މޯލްޑިވްސް ޝިޕިން ލިމިޓެޑް (އެމްއެސްއެސް) ގެ ބޯޓަށް އަރުވަފައިފި އެވެ. އެކަން ޔަގީން ކޮށްދީ އަސްތައް ފެންނަ ފޮޮޓޯ އަކާއި އެކު އެމްއެސްއެސްއިން ވަނީ ޓުވީޓުކޮށްފަ އެވެ. އ...

04 Mar 2021 | 13:30

އައްޑޫ ސިޓީއަށް ގެންނަ އަސްތައް މޯލްޑިވްސް ޝިޕިން ލިމިޓެޑް (އެމްއެސްއެސް) ގެ ބޯޓަށް އަރުވަފައިފި އެވެ.

އެކަން ޔަގީން ކޮށްދީ އަސްތައް ފެންނަ ފޮޮޓޯ އަކާއި އެކު އެމްއެސްއެސްއިން ވަނީ ޓުވީޓުކޮށްފަ އެވެ. އަދި ބުނެފައިވަނީ އަސްތައް އެ ކުންފުނީގެ ބޯޓެއްގައި ގެނައުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އެމްއެސްއެސްއިން ބުނީ މިއީ އެ ކުންފުނީގެ ބޯޓެއްގައި ރާއްޖެއަށް ޖަނަވާރު އެތެރެ ކުރާ ފުރަތަމަ ފަހަރު ކަމަށެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ކޮންޓެއިނަރުގެ ތެރެއިން ތިން އަސް ފެނެ އެވެ.

https://twitter.com/stateshippingmv/status/1367449013427916800

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މި އަސްތަކަކީ އައްޑޫ ޓޫރިޒަމްގެ ބޭނުމަށް ގެނައި އަސްތަކެކެވެ. މި އަސްތައް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ އައްޑޫގެ ކޮން ރަށެއްގަ ކަމެއް އަދި ނޭޭނގެ އެވެ.

އަހަކީ ރާއްޖޭގައި އާންމުކޮށް އުޅޭ ޖަނަވާރެއް ނޫނެވެ. މިއީ ރާއްޖެއަށް އަސް އެތެރެ ކުރި ދެވަނަ ފަހަރެވެ.

އެންމެ ފުރަތަމަ ރާއްޖެއަށް އަހެއް ގެނައީ 1990 ގެ އަހަރުތަކުގެ ފަހުކޮޅު އިސްތިހާރެއް ކުޅުމަށް އެސްޓާސް އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް