ހުސްބަނޑާ ހުރިނަމަ މި ކަންކަމުން ދުރުވޭ!

ހުސްބަނޑާ ހުރެ ކޮށްގެން ނުވާނެ ކަންތައްތަކެއް ހުރެއެވެ. އެއީ އޭގެ ސަބަބުން ތިމާއަށާއި ތިމާގެ ޞިއްޙަތަށް އެކަމުން ނޭދެވޭ އަސަރު ކުރާތިއެވެ. އެގޮތުން ހުސްބަނޑާ ހުރެ ބައެއް ކާތަކެތި ކެއުމުން ދުރުވާން ޖެހ...

04 Mar 2021 | 09:18

ހުސްބަނޑާ ހުރެ ކޮށްގެން ނުވާނެ ކަންތައްތަކެއް ހުރެއެވެ. އެއީ އޭގެ ސަބަބުން ތިމާއަށާއި ތިމާގެ ޞިއްޙަތަށް އެކަމުން ނޭދެވޭ އަސަރު ކުރާތިއެވެ.

އެގޮތުން ހުސްބަނޑާ ހުރެ ބައެއް ކާތަކެތި ކެއުމުން ދުރުވާން ޖެހެއެވެ. އޭގެ ތެރޭގައި، ބަންދުކޮށްފައި ހުންނަ ބުއިންތައް ނުވަތަ 'ސޮޑާ' ހިމެނެއެވެ. އޭގައި އެސިޑް ލެވަލް މަތިކޮށް ހުރުމުގެ ސަބަބުން، ބަނޑުގެ އެސިޑް ލެވަލް މަތިވެއެވެ.

ބޭސް ކެއުމުގައި ވެސް މިއީ ވިސްނަން ޖެހޭ ކަމެކެވެ. ބޭސް ކާން ވާނީ ޑޮކްޓަރު ބޭސް ސިޓީގައި އިރުޝާދު ދީފައިވާ ގޮތަށެވެ. ހުސް ބަނޑާ ހުރެ ކެއުމަށް ދޭ ބޭހެއް ފިޔަވައި އެހެން ބޭހެއް ހުސްބަނޑާ ހުރެ ކާކަށް ނުވާނެއެވެ. އެކަމުގެ ގެއްލުން ހަށިގަނޑަށް ކުރާނެއެވެ.

ހުސްބަނޑާ ހުރެ ކަސްރަތު ކުރަން ނުފަށާށެވެ. ބަނޑުހައިވެގެން ހުރެ ކަސްރަތު ކުރާނަމަ ހަށިގަނޑުން ބޭރުވާ މަސަލް މާސް ގިނަވެއެވެ.

ހުސް ބަނޑާހުރެ ޓޮމާޓޯ ކާ ނަމަ، ގޭސްޓްރިކް ވުމުގެ ފުރުސަތު ބޮޑުވެއެވެ. އެހެންކަމުން ހުސްބަނޑާ ހުރެ ޓޮމާޓޯ ނުކާށެވެ. އަދި ކޮފީވެސް ނުބޯށެވެ. ބައެއް މީހުން ދެކޭ ގޮތުގައި ހުސްބަނޑާ ހުރެ ފުރަތަމަ ބޯންވީ ކޮފީއެވެ. ނަމަވެސް އެންމެ ރަނގަޅީ އެގޮތަށް އެކަންތައް ނުކުރުމެވެ. ހުސްބަނޑާ ހުރެ ކޮފީ ބުއިމުގެ ސަބަބުން ބަނޑުގެ އެސިޑް ލެވަލް މަތިވެ، އެސިޑިޓީއަށް މަގުފަހިވެއެވެ. އަދި ހޯމޯން އިންބެލެންސްވެ، އޭގެ ސަބަބުން ސްޓްރެސް އާއި އެންޒައިޓީއަށް މަގުފަހިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް