ދ. މީދޫ ތިން ކައުންސިލަރުން ތިން މަހަށް ސަސްޕެންޓް ކޮށްފި

ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ދ. މީދޫގެ ތިން ކައުންސިލަރުން ތިން މަސް ދުވަހަށް ސަސްޕެންޑް ކޮށްފި އެވެ. މި މުއްދަތުގައި އެ ކައުންސިލަރުންގެ މުސާރައެއް ނުހިނގާނެއެވެ. ސަސްޕެންޓް ކޮށްފައިވ...

04 Mar 2021 | 09:06

ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ދ. މީދޫގެ ތިން ކައުންސިލަރުން ތިން މަސް ދުވަހަށް ސަސްޕެންޑް ކޮށްފި އެވެ. މި މުއްދަތުގައި އެ ކައުންސިލަރުންގެ މުސާރައެއް ނުހިނގާނެއެވެ.

ސަސްޕެންޓް ކޮށްފައިވާ ކައިންސިލަރުންނަކީ، މީދޫ ކައުންސިލްގެ ރައީސް އިޔާސް އިސްމާއިލް ލަތީފް،  ނައިބު ރައީސް ޝުރައިފް އިބްރާހިމް ރަޝީދު އަދި  މެންބަރު މުހައްމަދު ތައުފީގު އެވެ.

މި ތިން ކައުންސިލަރުން ސަސްޕެންޓް ކޮށްފައި ވަނީ، އެލްޖީއޭއަށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން އިންކުއެރީއެއް ހެދުމަށްފަހުގައި ކަމަށް އެލްޖީއޭ އިން ވަނީ ބުނެފަ އެވެ. މި ތިންް ކައުންސިލަރުންނަކީ ވެސް އެމްޑީޕީއަށް ނިސްބަތްވާ ތިން މީހުންނެވެ.

އެގޮތުން އެ ތިން ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވަނީ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކޮށް އެކަމުގައި އިހުމާލު ވާތީއެވެ. އަދި  ކައުންސިލްގެ ބާރުތަކާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް ސުލޫކީ މިންގަނޑާއި ހިލާފުވުމުން ކަމުގައި އެލްޖީއޭ އިން ފާހަގަ ކުރެއެވެ. އަދި އޭގެތެރެއިން ބައެއް އަމަލުތައް ތަކުރާރުކޮށްފައިވާ ކަން އިންކުއަރީން ފާހަގަވެފައިވާ ކަމަށް ވެސް އެލްޖީއޭގެ ބޯޑުގެ ނިންމުމުގައިވެ އެވެ.

މީދޫ ކައުންސިލް ތިން މަހަށް ސަސްޕެންޑްކުރުމުން، އެ މުއްދަތުގައި ރައްޔިތުންގެ މަސްލަހަތު ހުރި ކަންކަމުގެ އިންތިޒާމް ހަމަޖެއްސުމަށް މީދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލަށް އެލްޖީއޭ އިން ވަނީ އަންގާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް