ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ގދ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށް ގެންގޮސްފި

ސްކޫލްތަކުގެ ދަރިވަރުންނަށް މައުލޫމާތުދީ ހޭލުންތެރި ކުރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 8 އިން 10 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނ...

04 Mar 2021 | 06:44

ސްކޫލްތަކުގެ ދަރިވަރުންނަށް މައުލޫމާތުދީ ހޭލުންތެރި ކުރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 8 އިން 10 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި މާރިޗު މަހުގެ 1 އިން 3 އަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި ދަރިވަރުންނަށް މައުލޫމާތު ދީފައިވަނީ ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުންކުރުމާއި، އާންމު އިޖުތިމާއީ މިންގަނޑުތަކާ ގުޅޭގޮތުންނެވެ.

އެގޮތުން އިންޓަނެޓުގެ ޒަރީއާއިން ކުރިމަތިވާ ނޭދެވޭ ކަންކަމުގެ މައުލޫމާތު ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ބުނެދީފައިވެއެވެ. އަދި އިންޓަނެޓު ބޭނުންކުރުމުގައި ދަރިވަރުންނަށް ރައްކާތެރި ގޮތަކީ ކޮބައިކަމާއި ރައްކާތެރިގޮތުގައި އިންޓަނެޓު ބޭނުންކުރާނެ ގޮތްތައް ބުނެދީފައިވެއެވެ. އަދި އިންޓަނެޓުން ދިމާވާ ނުދަންނަ މީހުންނާ ވާހަކަ ނުދެއްކުމަށާއި ދަރިވަރުންގެ ޒާތީ މައުލޫމާތު އެ މީހުންނާ ހިއްސާނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ނޭދެވޭ އެއްވެސް ކަމެއް ފާހަގަ ކުރެވިއްޖެނަމަ ސިއްރުނުކޮށް ބެލެނިވެރިންނާ ހިއްސާކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

އޭގެ އިތުރުން، އާންމު އިޖުތިމާއި މިންގަނޑުތަކަކީ ކޮބައިކަމާއި އާންމު އިޖުތިމާއި މިންގަނޑުތަކާ ހިލާފު އަމަލުތަކަކީ ކޮބައިކަން ބުނެދީ އެފަދަ ކަންކަމުން ދުރުހެލިވެތިބުމަށް މައުލޫމާތު ދީފައިވެއެވެ. އަދި މަގުމަތީގައާއި އެހެނިހެން ތަންތާގައި އުޅޭއިރު ދަރިވަރުންގެ އަމަލުތައް ބަހައްޓަންވީގޮތާއި އެހެން މީހުންނާ ރީތިކޮށް މުއާމަލާތުކުރުމަށް މައުލޫމާތު ދީފައިވެއެވެ.

ތިނަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގެ ތެރެއިން 280 ދަރިވަރުންނަށް މައުލޫމާތު ދީފައިވެއެވެ.

ސްކޫލްތަކުގެ ދަރިވަރުން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމުގެ ސިލްސިލާ ޕްރޮގްރާމްތައް އަތޮޅުތެރޭގައި ފުލުހުންދަނީ ހިންގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް