އެމްޑީޕީއަށް ފަސް އަހަރު ވެރިކަން ކުރެވިއްޖެ، ދެއްކީ އަހިވަކާއި ރިހާކުރު ފެކްޓްރީގެ ވާހަކަ!

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ރާއްޖޭގައި ފަސް އަހަރު ވެރިކަން ކުރެވިއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ. ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ...

04 Mar 2021 | 06:29

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ރާއްޖޭގައި ފަސް އަހަރު ވެރިކަން ކުރެވިއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ޕާޓީއަށް ޖުމްލަކޮށް ފަސް އަހަހަރު ވެރިކަން ކުރެވިއްޖެ ކަމަށެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދެ އަހަރާއި މި ސަރުކާރުގެ ދެ އަހަރާ ބައި އެއްކޮށްގެންނެވެ.

ޑރ. ޖަމީލް ވިދާޅުވީ އެމްޑީޕީ ސަރުކާރުން ކުރާ ކަމަކީ ޖަޒިރާ ކުރުމުގެ ނަމުގައި ބޭރު މީހުންނަށް ދިވެހި ބިމާއި މުއްސަނދިކަން ހިބައިން ދޭން އުޅުން ކަމަށެވެ. އެމަނިކުފާނު ވަނީ އެމްޑީޕީއަށް ރާއްޖޭގެ ތަރައްގީއަށް ކޮށްދެވުނީ ކޮން ކަމެއްތޯ ސުވާލު ކުރައްވާފަ އެވެ.

ޑރ. ޖަމީލު ވިދާޅުވީ ފުރަތަަމަ ދެއްކީ ރިހާކުރު އަދި އަހިވަކު ފެކްޓްރީގެ ވާހަކަ ކަމަށެވެ. ދެން ދެއްކީ ކަންނެލި ޖަގަހަތަކުގެ ވާހަކަ ކަމަށް ވިދާޅުވި އެވެ.

ހަމަޖެހޭ ޕޮލިސީއެއް އަދި މީހަކު އެމްޑީޕީގެ ވެރިކަމުގަ ނެތް ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

https://twitter.com/MJameelAhmed/status/1367345828847779845

ޑރ. ޖަމީލް އަކީ މިސަރުކާރު އަދި ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ގެނައުމުގަ އިސްކޮށް ހަރަކާތްތެރިވެފައިވާ ބޭފުޅެކެވެ. އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމެކޭ އެއްގޮތަށް ނަޝީދާއި ރައީސް ސޯލިހުގެ ވެރިކަމުގެ ކުރީ ކޮޅު ޖަމީލުވަނީ ހިޔާލުތަފާތުވެ އިދިކޮޅު ޕީޕީއެމް އާއި ގުޅިވަޑައިގެންފަ އެވެ.

މިހާރު ޑރ. ޖަމީލަކީ ޔާމީންގެ ގާނޫނީ ވަކީލުގެ އިތުރުން ޕީޕީއެމްގެ އެޑްވައިޒަރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް