ޖަޕާނުގެ 90 އަހަރުގެ 'ގޭމުކުޅޭ މާމަ' ބޭނުންވަނީ ގޭމް ކުޅެވުނު އެންމެ ދިގު މުއްދަތަކަށް ކުޅެން ކަމަށް ބުނެފިއެވެ. ހަމާކޯ މޮރީ 90 އަހަރު ވީ އިރުވެސް ގޭމަށް ފަރިތައެވެ.
ހަމާކޯ އަކީ މިހާރު އެންމެ އުމުރުން ދުވަސްވީ ޔޫޓިއުބް ގޭމަރއެވެ. ހަމާކޯ އުފަންވެފައި ވަނީ 1930 ފެބްރުއަރީ 18 ގައެވެ. އޭނާގެ ޔޫޓިއުބް ޗެނަލް 150،000 އަށްވުރެ ގިނަ މީހުން ސަބްސްކްރައިބް ކޮށްފައިވެއެވެ.
ހަމާކޯ ވީޑިއޯ ގޭމް ކުޅެން ފެށީ އުމުރުން 39 އަހަރުގައެވެ. އޭރު ކުދިން ކުޅޭތަން ފެނި، ކުޅޭހިތް ވީއެވެ. ހަމާކޯ ބުނެފައި ވަނީ، ވީޑިއޯ ގޭމް ކުޅޭތަން ފެންނައިރު، އެއީ ވަރަށް މަޖާ ކަމެއްގެ ގޮތުގައި ސިފަވި ކަމަށެވެ. އަދި ހަމައެކަނި ކުދިން ކުޅުން އެއީ އިންސާފުވެރި ގޮތެއްކަމަށް ގަބޫލު ނުކޮށް، އަމިއްލައަށް ވެސް ކުޅެން ފެށީ ކަމަށެވެ.
މިހާރު ހަމާކޯ ކުޅެނީ އެކްޝަން ގޭމް ތަކާއި ޕީއެސް4 ގެ ގޭމްތަކެވެ. ހަމާކޯ އެންމެ ކުޅޭހިތްވާ ގޭމަކީ 'ގްރޭންޑް ތެފްޓް އޮޓޯ ވީ' އެވެ. އެ ގޭމް ކުޅޭއިރު ހީވަނީ ފިލްމެއް ބަލާހެން ކަމަށާއި، އެގޭމް އެންމެ ގަޔާވަނީ، ގޭމް ކުޅެވޭ އުމުރުފުރާ ކަނޑައަޅާފައި ވާތީ ކަމަށް ހަމާކޯ ބުނެއެވެ. އެގޮތުން ކުދިންނަކަށް މި ގޭމެއް ނުކުޅެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް