ޝްރައްދާގެ އުފަންދުވަސް ރާއްޖޭގަ ފާހަގަ ކުރުން، ސަޕޯޓަރުންނަށް ފެނުނީ އެހެން ތަނެއް!

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝްރައްދާ ކަޕޫރު އޭނާގެ 34 ވަނަ އުފައްދުވަސް ފާހަގަ ކުރީ ރާއްޖޭގައި އެވެ. މިވަގުތު އޯޒެން ލައިފް މާދޫ ރިސޯޓުގައި ހުރި ޝްރައްދާގެ އުފަން ދުވަހަކީ އިއްޔެ އެވެ. ޝްރައްދާ ރާއްޖެ ...

04 Mar 2021 | 05:53

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝްރައްދާ ކަޕޫރު އޭނާގެ 34 ވަނަ އުފައްދުވަސް ފާހަގަ ކުރީ ރާއްޖޭގައި އެވެ.

މިވަގުތު އޯޒެން ލައިފް މާދޫ ރިސޯޓުގައި ހުރި ޝްރައްދާގެ އުފަން ދުވަހަކީ އިއްޔެ އެވެ. ޝްރައްދާ ރާއްޖެ އައިސް އުޅެނީ އޭނާގެ ދެބެއިންގެ ދެދަރި މީހެއްކަމަށްވާ އެކްޓަރު ޕްރިޔާންކް ޝަރުމާ އާއި ޝަޒާ މޮރާނީގެ ކައިވެނި ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުންނެވެ.

ޝްރައްދާ އާއި އާއިލާގެ އިތުރުން އާއިލާގެ ގާތް ރަހުމަތްތެރިންގެ އިތުރުން މި ދަތުރުގައި އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑުފެތުރިފަ އޮންނަ ރޯހަން ޝްރެސްތާ ބައިވެރިވެ އެވެ. ރޯހަން ދަތުރުގައި ބައިވެރިވެފައިވަނީ ޕްރިޔާންކްގެ ކައިވެނީގެ ރަސްމީ ފޮޓޯގްރާފަރުގެ ހައިސިއްޔަތުންނެވެ. ރޯހަން އަކީ ބޮލީވުޑްގެ މަޝްހޫރު ސެލެބްރިޓީ ފޮޓޯގްރާފަރެކެވެ.

ޝްރައްދާގެ އުފަންދުވަސް ފާހަގަ ކުރުމުގެ މަޖާގަނޑު ފަށާފައިވަނީ އިއްޔެ ރޭ 12 ޖެހުމާއި އެކު އެވެ. މާދޫ ރިސޯޓުގެ ގޮނޑުދޮށުގައި ތަފާތު ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވާ އިރު ޝްރައްދާގެ ސަޕޯޓަރުންނަށް އެންމެ އަޅައިގަތީ އުފަންދުވަހުގެ ކޭކު ފެޅިގަނޑީގެ ވީޑިއޯއަކުން ފެނުނު މަންޒަރެކެވެ.

އެ ވީޑިއޯގައި ރޯހަން ހުރީ ފަހަތުން ޝްރައްދާ ގައިގައި ބައްދާލައިގެންނެވެ. އެއީ ޝްރައްދާ އާއި ރޯހަންގެ ފަރާތުން ވޭތުވެ ދިޔަ ތަނުގައި ފެނިފައިވާ ކަމަށް ނުވާތީ އޭނާގެ ގިނަ ސަޕޯޓަރުން ދަނީ އެ ދެމީހުންގެ ގުޅުމާއި މެދު އުފާވާ ކަމަށް ބުނެ ޝްރައްދާ އާއި ރޯހަން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ޔަގީން ވެއްޖެ ކަމަށް ބުނަމުންނެވެ.

https://twitter.com/gemofshraddha/status/1366839691614502923

ޝްރައްދާ އާއި ރޯހަން ވަރަށް ގިނައިން އެކުގައި ތަންތަނަށް ގޮސް ހަދައެވެ. އެކަމަކު ދެމީހުންގެ ގުޅުމަށް އެއްބަސް ނުވާތާ، އަތުގުޅާލައިގެން ތިބޭތަންވެސް ނުފެނެ އެވެ. މިފަހަކުން އެ ދެމީހުން ކައިވެނި ކުރަން އުޅޭ ވާހަކަ ދެކެވުމުންވެސް އެކަން ޝްރައްދާ ވަނީ ދޮގުކޮށްފަ އެވެ.

ރާއްޖެ އައި ފަހުން ޝްރައްދާ އަދި ރަސްމީ އިންސްޓަގްރާމްގައި ރާއްޖޭގެ މަންޒަރެއް ފެންނާނެހެން ކޮށްފައިވަނީ ދެ ޕޯސްޓެވެ. އެކަމަކު އެ ޕޯސްޓުތަކަށް ތިން މިލިއަނަށްވުރެ ގިނަ މީހުން ލައިކް ދީފައިވެ އެވެ.

އެކްޓަރު ޕްރިޔާންކް އަކީ ކުރީގެ މަޝްހޫރު ބަތަލާ ޕަދުމިނީ ކޯލަޕޫރީގެ ދަރިއެކެވެ. ޕަދުމިނީ އަކީ ޝްރަދާގެ މަންމަ ޝިވާންގީ ކަޕޫރްގެ ކޮއްކޮ އެވެ. ޕްރިޔާންކްގެ އަންހެނުން ޝަޒާ މޮރާނީ އަކީ ޕްރޮޑިއުސަރު ކަރީމް މޮރަނީގެ ދަރިއެކެވެ. ޝަޒާ އަކީ ބަތަލާ ޒޯއާ މޮރާނީގެ ކޮއްކޮ އެވެ.

ޕްރިޔާންކް އާއި ޝަޒާ ކައިވެނި ކުރީ މިދިޔަ މަހު ކޯޓުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް