ދަންނަ، ލޯބިވާ ފަރާތެއް ވެކްސިން ނުޖަހާ އެބަހުރިތަ؟ އަވަހަށް އެކަން ހަނދާންކޮށްލަދީ

އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ވެކްސިން ޖަހައިފި ނަމަ އެ ވައިރަސް ފެތުރެން އުނދަގޫ ވާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެހެންކަމުން އަހަރެމެން ދަންނަ، ލޯބިވާ ފަރާތެއް ވެކްސިން ނުޖަހާ ތިބި ނަމަ އަވަހ...

04 Mar 2021 | 05:38

އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ވެކްސިން ޖަހައިފި ނަމަ އެ ވައިރަސް ފެތުރެން އުނދަގޫ ވާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެހެންކަމުން އަހަރެމެން ދަންނަ، ލޯބިވާ ފަރާތެއް ވެކްސިން ނުޖަހާ ތިބި ނަމަ އަވަހަށް އެކަން ހަނދާންކޮށްލަދޭށެވެ. ގިނަ މީހުން ވެކްސިން ޖަހައި، މި ބަލިމަޑުކަމުން އަރައިގަންނަން މަސައްކަތް ކުރަމާހިނގާށެވެ.

އާއްމު ދިރިއުޅުމުގައި ގައިދުރުކަން ބަހައްޓާށެވެ. މާސްކު އަޅައި، އަތް ދޮންނަން ނުވަތަ ސެނެޓައިޒް ކުރަން ހަނދާނުގައި ބަހައްޓަން ޖެހެއެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ 18 އަހަރުން މަތީގެ އެންމެންނަށް މިހާރު ވެކްސިން ޖަހައިދެވޭނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެޗްޕީއޭއިން ބުނީ 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް މާލޭގައި ގާއިމްކޮށްފައިވާ ސެންޓަރުތަކަށް ގޮސްގެން ވެކްސިން ޖެހޭނެ ކަމަށެވެ.

ޕޯޓަލް މެދުވެރިކޮށް ރެޖިސްޓްރީ ނުކުރާ ފަރާތްތައް ރެޖިސްޓްރީކޮށްދީގެން ވެކްސިން ޖެހުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ ވިލިމާލޭ ޒުވާނުންގެ މަރުކަޒު، މާލޭ ސޯޝަލް ސެންޓަރު، އިސްލާމީ މަރުކަޒު، ރައްޔިތުންގެ މަޖިލީސް އިދާރާ އަދި ހުޅުމާލޭ ކުރީގެ ފްލޫ ކްލިނިކެވެ.

މާލޭގައި ގާއިމްކޮށްފައިވާ ސެންޓަރުތަކުން، ހެނދުނު 09:00 އިން ފެށިގެން ހަވީރު 16:30ށް ވެކްސިން ދިނުން ކުރިއަށް ދާނެއެވެ.

ކޯވިޑް-19 ވެކްސިން އިއްޔެ 5759 މީހުން ޖަހާފައި ވާ ކަމަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެއެވެ.

މިއާއި އެކު ރާއްޖެއިން ކޯވިޑް-19 ވެކްސިން ދިން މީހުންގެ އަދަދު ވަނީ 129،424 އަށް އަރާފައި އެވެ. ރާއްޖޭގައި ކޯވިޑަށް ވެކްސިން ދޭން ފެށީ ފެބްރުއަރީ އެއް ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް