" އަނބިމީހާއާ ދިމާލަށް ، ޚާއްޞަކޮށް މާބަނޑުއިރު ސިގިރޭޓުގެ ދުން ނުބުރުވާށޭ، އަދި ބުއިން ހުއްޓާލާށޭ" ޑރ. ފައިސަލްކުރެއްވި ޓްވީޓެއްގައި ވަނީ މިފަދައިންނެވެ.
މާބަނޑު އިރު ދުންފަތުމެ އިސްތިއުމާލު ކުރާ މައިންނަށް ލިބޭ ދަރިން 'އޯރޯ ފޭޝިއަލް ކްލެފްޓް' ވުމުގެ ފުރުސަތު ބޮޑެވެ. މާބަނޑު އިރު އެހެން މީހުންގެ ސިނގިރޭޓްގެ ދުމުން ވެސް ސަލާމަތް ވާން މި ސަބަބާ ހެދި އެވެ.
ޑރ. ފައިސަލް މިހެން ބުނެފައިވަނީ އެމެރިކާގެ ސެންޓަރ ފޯރ ޑިޒީސަސް ކޮންޓްރޯލް (ސީޑީސީ)ގެ އެންސީބީޑީޑީން ކޮށްފައިވާ ޓްވީޓަކާ ހަވާލާދީއެވެ.
https://twitter.com/Faisalnaifaru/status/1367153773391454209
އެ ޓްވީޓްގައި ބުނެފައިވަނީ މާބަނޑުދުވަސްވަރު ދުންފަތުގެ އިސްތިއުމާލުކުރާނަމަ ލިބޭ ދަރިންނަށް އޯރޯފޭޝިއަލް ކްލެފްޓާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.
ތިމާގެ އަމިއްލަ ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި ވެސް ތުންފަތުގެ އިސްތިއުމާލުު ކުރުމާ ދުރުހެލި ވާން ޖެހެއެވެ. ސިނގިރޭޓް ބޯ މީހުން ކައިރީގައި އުޅޭނަމަ، ދުމުގެ އަސަރު އެހެން މީހުނަށް ވެސް ކުރެއެވެ. އަދި އޭގެ ގެއްލުން ވެސް އެހެން މީހުނަށް ލިބެއެވެ.
އެހެންކަމުން ސިނގިރޭޓް ބުއިމަށް ދެވިހިފާފައި ހުރި ނަމަވެސް، އެކަން ހުއްޓާލަން މަސައްކަތް ކުރާށެވެ!
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް