އެއާ ވިސްޓާރާއިން ރާއްޖެއާ މުމްބާއީއާ ދެމެދު ސީދާ ދަތުރުތައް ފަށައިފި

އިންޑިއާގެ އެއަލައިނެއް ކަމަށްވާ އެއާ ވިސްޓާރާ އިން ރާއްޖެ އާއި އިންޑިއާގެ މުމްބާއީ އާއި ދެމެދު ސީދާ ދަތުރުތައް ފަށައިފި އެވެ. މި ދަތުރުތައް ހަފްތާ އަކު ތިންދުވަހު ކުރާނެ އެވެ. އެއީ އާދިއްތަ، ބުދަ އަދ...

04 Mar 2021 | 03:42

އިންޑިއާގެ އެއަލައިނެއް ކަމަށްވާ އެއާ ވިސްޓާރާ އިން ރާއްޖެ އާއި އިންޑިއާގެ މުމްބާއީ އާއި ދެމެދު ސީދާ ދަތުރުތައް ފަށައިފި އެވެ.

މި ދަތުރުތައް ހަފްތާ އަކު ތިންދުވަހު ކުރާނެ އެވެ. އެއީ އާދިއްތަ، ބުދަ އަދި ހޮނިހިރު ދުވަހު އެވެ. ޓިކެޓުގެ އަގު އުޅެނީ ދެކޮޅަށް 244 ޑޮލަރާއި 648 ޑޮލަރާ ދެމެދު އެވެ.

މިއީ ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ގާއިމްކޮށްފައިވާ އެއާ ބަބުލް އެގްރިމެންޓުގެ ދަށުން ފަށާ ދަތުރު ތަކެކެވެ. އެއާ ބަބުލް އެގްރިމެންޓުގެ ދަށުން އެއާ ވިސްޓަރާ އިން ރާއްޖެއަށް ޗާޓާޑް ދަތުރުތައް ވެސް ބޭއްވި އެވެ.

އެއާ ވިސްޓަރާގެ އިތުރުން އިންޑިއާގެ ހަތަަރު އެއާލައިނަކުން މިވަގުތު ރާއްޖެއަށް ދަތުރު ކުރެ އެވެ. އެއާ އިންޑިއާ، ގޯ އެއާ އަދިި އިންޑިގޯ އާއި ސްޕައިސް ޖެޓުން ރާއްޖެ އަށް ދަތުރު ކުރާއިރު ގޯ އެއާ އާއި އިންޑިގޯ އިން ރާއްޖެ-މުމްބާއީ ރޫޓުން ދަތުރު ކުރެއެވެ.

މި ދެ އެއާލައިނަކީ ވެސް ބަޖެޓު އެއާލައިނަށް ވާއިރު އެއާ ވިސްޓާރާއިން ދަތުރު ކުރާ ފަސިންޖަރުންނަށް ތިން ކްލާހަކުން ޓިކެޓު ގަނެވޭނެ އެވެ. އެއީ ޕްރިމިއަމް އިކޮނޮމީ ކްލާސް، ބިޒްނަސް ކްލާސް، އަދި އިކޮނޮކިމް ކްލާހެވެ.

އިންޑިއާ އަކީ ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ. އަންގާރަ ދުވަހުގެ ނިޔަލަށް 45،636 ޓޫރިސްޓުން އިންޑިއާ އިން އައިސްފައިވާ އިރު މިދިޔަ އަހަރު އިންޑިއާ އިން 62،960 ޓޫރިސްޓުން އައިސްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް