ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓައިގާ ޝްރޮފް އާއި ލޯބިވެރިޔާ ކަމަށް އަޑުފެތުރިފައި އޮންނަ އެކްޓްރެސް ދިޝާ ޕަޓާނީ ކައިވެނި ކުރާނި ކޮން ދުވަހަކުތޯ ގިނަ ބަޔަކު މިހާޜު ދަނީ ސުވާލު ކުރަމުންނެވެ.
އެ ދެމީހުން އެ ސުވާލަށް މިހާތަނަށް ޖަވާބެއް ދީފައެއް ނުވެ އެވެ. އެކަމަކު ކުރިޔާ ހިލާފަށް ދެމީހުން އެކުގަ ބޭރުގައި އުޅުމާއި އެކުގަ ޗުއްޓީ ހޭދަ ކުރަން ދިއުމުގެ އިތުރުން އާއިލީ ބައްދަލުވުންތައް އިތުރު ކޮށްފައިވާތީ ގިނަ ބަޔަކު ގަބޫލު ކުރަނީ އެ ދެ ތަރިން ކައިވެނި ކައިރިވެއްޖެ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން ޓައިގާ އާއި ދިޝާގެ ފަރާތުން ބަހެއް ނުލިބުމުން އިންޑިއާ މީޑިއާ ވަނީ ޓައިގާގެ ބައްޕަ އަދި ކުރީގެ މަޝްހޫރު އެކްޓަރު ޖެކީ ޝްރޮފްއާ އެކަމާއި ގުޅޭގޮތުން ސުވާލުކޮށްފައި އެވެ. އެކަމަކު ޖެކީ ދިނީ މާ ފައްކާ ޖަވާބެކެވެ.
ޖެކީ ބުނީ އޭނާއަށް އެނގޭ ގޮތުގައި ދަރިފުޅު ޓައިގާ އުޅެނީ ކައިވެނިކޮށްގެންނެވެ. ޖެކީ ބުނީ ޓައިގާ ކައިވެނި ކޮށްގެން އުޅެނީ އޭނާގެ ފިލްމީ މަސައްކަތްތަކާއި ކަމަށާއި ޓައިގާގެ ބުރަ މަސައްކަތާއި އެކަމަށް ހޭދަ ކުރާ ވަގުތުން އޭނާ ކައިވެނިކޮށްގެން އުޅެނީ މަސައްކަތާއި ކަމުގަ ޝައްކެއް ނެތް ކަމަށެވެ.
ޖެކީ ބުނީ ކައިވެނި ކޮށްފި ނަމަ އެމީހެއްގެ ހުރިހާ އަމާޒެއް ހުންނާނީ އެގުޅުން ކުރިއަރުވާ ވަރުގަދަ ކުރުމަށް ކަމަށެވެ. އެކަން ޓައިގާގެ ފިލްމުތަކުން ފެންނަ ކަމަށް ބުންޏެވެ.
ޓައިގާ އާއި ދިޝާ ވަނީ މިދިޔަ އަހަރު ފަހުކޮޅު ރާއްޖޭގައި ޗުއްޓީ ހޭދަ ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް