އިލެކްޝަންސް ކޮމިޝަނާއި ގުޅޭގޮތުން ދޮގު މައުލޫމާތު ނުފެތުރުމަށް އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު އިދިކޮޅު ކޯލިޝަނަށް ގޮވާލައްވައިފި އެވެ.
ޝަރީފު މިހެން ވިދާޅުވީ އިންތިހާބު އިންސާފުވެރިކޮށް ކުރިޔަށް ގެންދިޔުމަށް އިލެކްޝަން ކޮމިޝަންގެ ނިޔަތް ވަރަށް ގޯސް ކަމަށް ޕީޕީއެމް/ ޕީއެންސީ އިންތިހާބު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޯލިޝަނުގެ ކެމްޕޭން މެނޭޖަރު އަދި މަޑަވެލި ދާއިރާ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވުމުންނެވެ. މުއާޒު ވިދާޅުވީ އިންތިހާބު ވަގަށް ނެގުމަށްޓަކައި ނުވަތަ އޮޅުވާލުމަށްޓަކައި މިހާރުން ފެށިގެން އީސީން މަސައްކަތް ކުރަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ.
މި ވާހަކަތަކާއި ގުޅިގެން ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދުލެއް ދެއްވާފަ އޮތީތީ ކަމުގެ ހަގީގަތް ބަލާލުމެއް ނެތި ދޮގު މައުލޫމާތު ނުފެތުރުމަށް އެދޭ ކަމަށެވެ. ޝަރީފު ވިދާޅުވީ ސުޕްރީމް ކޯޓުގެ ގައިޑްލައިނަށް ލުއި ހޯދަން އުޅެނީ އޮންލައިންކޮށް ރީރެޖިސްޓްރޭޝަންގެ ކަންކަން ކުރިޔަށް ގެންދަން ކަމަށެވެ.
https://twitter.com/ShareefRangondi/status/1367130396362637318
އެ ބައްދަލުވުމުގައި މުއާޒު ވިދާޅުވީ، އިންތިހާބު ބާއްވައިފިނަމަ، އިދިކޮޅުން ކޮންމެ ހާލެއްގައިވިޔަސް އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ. މުއާޒު ވަނީ ރީރެޖިސްޓްރޭޝަނަށް ދީފައިވާ މުއްދަތު ކުރުވެގެން ވާހަކަ ދައްކަވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް