ކޮވިޑް-19 ފެތުރޭތީ އިންޑިއާ އިން ބައެއް ބޭސްތައް އެކްސްޕޯޓްކުރުން ލިމިޓްކޮށްފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއް ގޮތުން ބައެއް ބޭސްތައް އެކްސްޕޯޓު ކުރުން އިންޑިއާ އިން ލިމިޓް ކޮށްފި އެވެ. އިންޑިޔާ އަކީ ދުނިޔޭގައި އެންމެ ގިނައިން ޖެނެރިކް ބޭސްތައް ސަޕްލައިކުރާ ގައުމ...

04 Mar 2020 | 14:59

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއް ގޮތުން ބައެއް ބޭސްތައް އެކްސްޕޯޓު ކުރުން އިންޑިއާ އިން ލިމިޓް ކޮށްފި އެވެ.

އިންޑިޔާ އަކީ ދުނިޔޭގައި އެންމެ ގިނައިން ޖެނެރިކް ބޭސްތައް ސަޕްލައިކުރާ ގައުމެވެ. ނަމަވެސް އެ ގައުމުން މިހާރުވަނީ 26 ބޭހެއް އެކްސްޕޯޓު ކުރުން ލިމިޓް ކޮށްފައެވެ.

އިންޑިޔާއިން ބޭސް ތައް އެކްސްޕޯޓު ކުރުން ލިމިޓް ކޮށްފައިވާ ވަނީ ބޭސްތަކަށް ބޭނުންވާ އިންގްރީޑިއެންޓްތައް ޗައިނާއިން ހޯދުމަށް ދަތި ތަކަކާއި ކުރިމަތި ވާތީއެވެ. އެގޮތުން ޗައިނާ އަކީ އިންޑިޔާއިން ބޭސް ހެދުމަށްޓަކައި ގިނަ އިންގްރީޑިއެންޓްސް ގެންނަ ގައުމެވެ. މިހެން ވުމުގެ ސަބަބުން ގުނިޔޭގެ ގިނަ ކަންކޮޅުތުގެ ގައުމު ތަކަށް ބޭސް ލިބުމުގައި ދަތި ތައް ކުރިމަތިވާނެ އެވެ.

ބޭސްތަކަށް ބޭނުންވާ އިންގްރީޑިއެންޓްތައް ނުލިބޭތީ މިހާރު ވެސް ބޭހުގެ އަގުތަށް އުފުލެމުންދާ ކަމަށް އޮކްސްފޯޑްގެ އިކޮނޮމިކްސްގެ ލީޑް އިކޮނޮމިސްޓް، ސްޓީވަން ފޯމަން ވިދާޅުވިއެވެ.

ދުނިޔޭގެ ބޮޑެތި ހުރިހާ ގައުމަކަށް ވެސް ބޭސް އެތެރެ ކުރަނީ އިންޑިޔާއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް