އައްޑޫގެ ޓޫރިޒަމް ޒޯން ތަކުގެ ބީޗް ހެދުމަށް ބޭނުންވާ އީއައިއޭ ހަދަން ބަޔަކާ ޙަވާލުކޮށްފިއެވެ.
އައްޑޫސިޓީ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މިމަސައްކަތް ހަވާލުކޮށްފައިވަނީ އޮމްނި ސޮލިއުޝަންސް ލިމިޓެޑްއާއި އެވެ. ޖުމްލަ 922،200ރ. ޚަރަދުކޮށް ފަށާ މިމަޝްރޫޢު ގެ އެއްބަސްވުމުގެ ދަށުން އައްޑޫގެ ކަނޑެއޭޅޭ ސަރަހައްދުތަކުގައި ބީޗް ހެދުމަށް ބޭނުންވާ އީއައިއޭގެ އިތުރަށް، އޮޕްޝަންސް އެނަރލިސިސް އެއް ހަދާނެކަމަށް ސިޓީ ކައުންސިލް އިން ބުނެއެވެ. މީގެ އިތުރުން އާޓިފިޝަލް ބީޗް ތައް ޑިޒައިން ކުރުމުގެ މަސައްކަތް ވެސް އެފަރާތުން ކުރުމަށް ހަމަޖެހިފައިވާ ކަމަށް ސިޓީކައުންސިލް އިން ބުނެއެވެ.
އައްޑޫސިޓީ ކައުންސިލް އިދާރާގައި ސޮއި ކުރެވުނު މިއެއްބަސްވުމުގެ ދަށުން، ހިތަދޫ، ފޭދޫ، އަދި ހުޅުމީދޫގެ ޓޫރިޒަމް އަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގެ ބީޗް ހެދުމުގެ އިތުރުން، ހަނކެޑެ ސަރަހައްދުގައި 200 މީޓަރުގެ ބީޗެއް ހެދުން ހިމެނެއެވެ. މީގެ އިތުރުން، ފޭދޫ ސްވިމިންގް ޓްރެކް އަޅާ ސަރަހައްދު ފުން ކުރުމަށް ބޭނުންވާ އީއައިއޭ ހަދައި، އައްޑޫ އިން ވެލި ނަގާނެ ސަރަހައްދެއް ކަނޑައަޅައި އެސަރަހައްދުގެ ވެސް އީއައިއޭ ހެދޭނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް