ކޮވިޑް-19 ޖެހުނު މީހަކު ރާއްޖެއަށް އައި ކަމަށް ބުނާތީ އެކަން ބަލަން ފަށައިފި

ކޮވިޑް-19 އަށް ޗިލީ އިން ޕޮޒިޓިވްވި މީހާ މިދިޔަ މަސް ދުވަހުގެ ތެރޭގައި ރާއްޖެ އަށް ވެސް އެތެރެވެފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފައި ވާތީ ކަމާބެހޭ ފަރާތްތަކާ ގުޅައި، އެކަން އޮޅުންފިލުވަ...

04 Mar 2020 | 11:17

ކޮވިޑް-19 އަށް ޗިލީ އިން ޕޮޒިޓިވްވި މީހާ މިދިޔަ މަސް ދުވަހުގެ ތެރޭގައި ރާއްޖެ އަށް ވެސް އެތެރެވެފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފައި ވާތީ ކަމާބެހޭ ފަރާތްތަކާ ގުޅައި، އެކަން އޮޅުންފިލުވައި ޔަގީންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެންއޭ) އިން ބުނެފި އެވެ.

އެންޑީއެންއޭ އިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗިލީ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ ރާއްޖެ އަށް އެތެރެވެފައިވާ ކަމަށް ބުނާތީ، ޗިލީގެ ސިއްހީ އިދާރާތަކާއި ބައިނަލްއަގުވާމީ އެޖެންސީތަކާ ގުޅިގެން، ބަލަންޖެހޭ ކަންކަން މިހާރު ބަލަން ފަށާފައިވާ ކަމަށެވެ. އަދި އެ މީހާގެ މައުލޫމާތާއި އޭނާގެ ދަތުރާ ބެހޭ މައުލޫމާތު މިހާރު މި ގެންދަނީ ބަލަމުން ކަމަށް އެ ޓްވީޓުގައި ވެއެވެ.

ކޮވިޑް-19 ޖެހިފައިވާ މީހަކު ޗިލީ އިން ފެނިއްޖެކަން އިއުލާނުކުރީ މިއަދު އެވެ. މިއީ އެގައުމުން މި ބައްޔަށް ޕޮޒިޓިވް ވި ފުރަތަމަ މީހާއެވެ.

އެގައުމުގެ އިންސްޓިޓިއުޓް އޮފް ޕަބްލިކު ހެލްތުން ބުނެފައިވަނީ ވައިރަސް އަށް ޕޮޒިޓިވްވެފަ ވަނީ އުމުރުން 33 އަހަރުގެ ފިރިހެނެއްކަމަށެވެ. އެ މީހާ މިދިޔަ މަސް ދުވަހުގެ ތެރޭގައި އޭޝިއާގެ ވަރަށް ގިނަ ގައުމުތަކަށް ދަތުރުކޮށްފައިވާ ކަމަށާއި އޭގެ ތެރެގޭގައި ދިވެހިރާއްޖެ ވެސް ހިމެނޭ ކަމަށް، މީހާ ޓެސްޓްކުރި ހޮސްޕިޓަލާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވެ އެވެ.

ޓެލްކާ ހޮސްޕިޓަލާ ހަވާލާދީ ނޫސްތަކުން ބުނެފައި ވަނީ އެ މީހާ ދަތުރުކުރީ ސިންގަޕޫރު، މެލޭޝިއާ، އިންޑޮނީޝިއާ، ދިވެހިރާއްޖެ އަދި ސްޕެއިނަށް ކަމަށެވެ. އެނބުރި ގައުމަށް ދިޔައީ ސްޕެއިނުންނެވެ.

އެމީހާ ފެބްރުއަރީ 25 ހުގައި އެނބުރި ގައުމަށްގޮސް 1 މާރިޗުގައި ވަނީ ނޭވާލުމުގެ ދަތިތަކާ ކުރިމަތިލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް