ހަތަރު މަހަށްވާ ވަރަށް ކާޑުގެ ސްޓޮކް  އެބަހުރި: އެސްޓީއޯ

ނުރައްކާތެރި މިންވަރަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ކާޑުގެ ދަތިކަން ފޯރާނެތޯ ބަޔަކު ސުވާލު އުފެއްދި ނަމަވެސް ކުރިޔަށް އޮތް...

04 Mar 2020 | 09:25

ނުރައްކާތެރި މިންވަރަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ކާޑުގެ ދަތިކަން ފޯރާނެތޯ ބަޔަކު ސުވާލު އުފެއްދި ނަމަވެސް ކުރިޔަށް އޮތް ހަތަރު މަހަށްވާ ވަރަށް ރާއްޖޭގައި ކާޑުގެ ސްޓޮކް އެބަހުރި ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރާ ސަރުކާރު ކުންފުނި ކަމުގައިވާ އެސްޓީއޯ އިން ބުނީ ކުރިޔަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް އިތުރު ކާޑުގެ ޝިޕްމަންޓުތައް ގެނައުމުގެ މަސައްކަތް އެކުންފުނިން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އިތުރު ފަސް މަހަށް ވާވަރަށް ކާޑު ރާއްޖެއަށް އެތެރެ ކުރުމަށް މަސައްކަތް ކުރާ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

މިއަދުގެ މަޖިލީހުގައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ ރާއްޖެ ކާޑަށް ޖެހިދާނެ ކަމަށް ބުނެ ކުއްލި މައްސަލައެއްވެސް ހުށަހަޅާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް