ޕީއެސްއެމް ކުޑަކުދިންގެ ޤުރުއާން މުބާރާތުގެ އަތޮޅުތެރޭގެ އޮޑިޝަންތައް ކެންސަލްކޮށްފި

ޕީއެސްއެމް ކުޑަކުދިންގެ ޤުރުއާން މުބާރާތުގެ މި މާރިޗު މަސްތެރޭގައި ބޭއްވުމަށް ހަމަޖެއްސި އަތޮޅުތެރޭގެ އޮޑިޝަންތައް ކެންސަލްކޮށްފި އެވެ. އެގޮތުން ކެންސަލްކޮށްފައި ވަނީ ކުޅުދުއްފުށީ އޮޑިޝަނާއި، ފ. ނިލަނ...

04 Mar 2020 | 04:47

ޕީއެސްއެމް ކުޑަކުދިންގެ ޤުރުއާން މުބާރާތުގެ މި މާރިޗު މަސްތެރޭގައި ބޭއްވުމަށް ހަމަޖެއްސި އަތޮޅުތެރޭގެ އޮޑިޝަންތައް ކެންސަލްކޮށްފި އެވެ.

އެގޮތުން ކެންސަލްކޮށްފައި ވަނީ ކުޅުދުއްފުށީ އޮޑިޝަނާއި، ފ. ނިލަންދޫ އަދި ފުވައްމުލަކު އޮޑިޝަނެވެ.

ޕީއެސްއެމްއިން ހާމަކޮށްފައިވާ ގޮތުގައި އޮޑިޝަންތައް ކެންސަލްކޮށްފައި ވަނީ، ކޮވިޑް-19 އައުމުގެ ފުރުޞަތު ބޮޑުވެފައި ވާތީ،  ރައްކާތެރި ކަމުގެ ގޮތުން ސަރުކާރުން އަޅުއްވާ  ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން، ގިނަ މީހުން އެއްވެގެން ކުރިއަށް ގެންދާ ހަރަކާތްތައް މަޑުޖައްސާލުމަށް ލަފާ ދެއްވާފައި ވާތީއެވެ.

މިމުބާރާތުގެ މާލޭގެ އޮޑިޝަންތައް ފެބުރުއަރީމަހުގެ ފަހުކޮޅުގައި ވަނީ ބާއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް