ކޮވިޑް-19 ފެނިއްޖެ ނަމަ އަމަލު ކުރާނެ ގޮތުގެ ޑްރިލްއެއް ކުރިޔަށް ގެންގޮސްފި

ކޮވިޑް-19 ޖެހިފައިވާ މީހަކު ފެނިއްޖެނަމަ އަމަލު ކުރާނެ ގޮތުގެ ޑްރިލެއް މިއަދު ހަވީރު މާފަންނު ބިސްބުރު ސަރަޙައްދުގައި ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރިއަށް ގެންގޮސްފި އެވެ. މި ސެންޓަރަކީ ...

03 Mar 2020 | 19:16

ކޮވިޑް-19 ޖެހިފައިވާ މީހަކު ފެނިއްޖެނަމަ އަމަލު ކުރާނެ ގޮތުގެ ޑްރިލެއް މިއަދު ހަވީރު މާފަންނު ބިސްބުރު ސަރަޙައްދުގައި ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރިއަށް ގެންގޮސްފި އެވެ.

މި ސެންޓަރަކީ ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް ގައުމީ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އުސޫލުތައް އެކުލަވާލަން އުއްދާފައިވާ ސެންޓަރެކެވެ. މި ސެންޓަރުގެ މަސައްކަތްތައް ކުރިޔަށްދާނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ އާއި ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީގެ ބެލުމުގެ ދަށުންނެވެ.

މި ޑްރިލް ގައި ފެނިގެން ގަސްފައިވަނީ ކޮވިޑް-19 އަށް ޝައްކުކުރެވޭ މީހަކާ މެދު ކަންތަށް ކުރާނެ އުސޫލުތަކެވެ. މާފަންނު ބިސްބުރު ސަރަހައްދުގައި ކުރިޔަށް ގެންދެވުނު މި ޑްރިލް ގައި ފުލުހުން ވަނީ އާންމުންގެ ސާލަމަތަށް އެ ސަރަހައްދު އެއްކޮށް ބަންދުކޮށްފަ އެވެ. އެއަށް ފަހު ޑަބްލިއުއެޗްއޯ ގެ މިންގަނޑަށް ހެދުން އަޅާ އެއްކޮށް ނިވާވެގެން ތިބި ބަޔަކު އެގެއެށް ވަދެއެވެ. އަދި ކޮވިޑް-19 އަށް ޝައްކުކުރެވޭ މީހާ ގެއިން ނެރެ ކަރަންޓީން ފެސިލީޓީސް އާހަމަ އަށް ގެންދާގޮތް މި ޑްރިލް ގައި ވަނީ ފެނިގެން ގޮސްފައެވެ.

މި ޑްރިލް އަކީ ގޭބީސީ އެއްގައި ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެ ހާލަތެއްގައި ކަމާ ބެހޭ ފަރާތް ތަކުން ކަންކުރާނެ އުސޫލުހާމަ ކޮއްދިނުން ކަމަށް ޑިޒާސްޓާ މެނޭޖްމެންޓް އިން ވަނީ ބުނެފައެވެ. އަދި އެފަދަ ހާލަތެއްގައި ތައްޔާރީތައް ވަރުގަދަކުރުމަށް އެޅޭނެ ފިޔަވަޅުތަށް ޑްރިލް އެއްކަމަށް އެންޑީއެމް އިން ވަނީ ބުނެފައެވެ.

އެންޑީއެމް އިން ބުނީ މި ޑްރިލް ގެ ބޭނުމަކީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާ މީހަކު ކަރަންޓީން ފެސިލިޓީސް އާއި ހަމައަށް ގެންދަން ހަދާނެ ގޮތް ތަޖްރިބާކުރެވުން ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން މި ހަފްތާގައި ސެނަހިޔާގައި އާންމުކޮށް ފެތުރެމުންދާ ރޯގާތަކަށް ހާއްސަ ކްލިނިކެއް ހުޅުވާނެ އެވެ. އަދި މާލޭގައި ޓްރެވަލް ކްލިނިކެއް ގާއިމްކޮށް އެ ކްލިނިކުން ރާއްޖެ އަންނަ ހުރިހާ މީހުން ކޮރޯނާ ވައިރަސްއަށް އިތުރަށް ސްކްރީން ކުރާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް