އެމްޕީއެލްގެ ފްރަންޓަލައިންގައި މަސައްކަތް ކުރާ މުވައްޒަފުން ވެކްސިން ޖަހަން ފަށައިފިއެވެ.
https://twitter.com/Portmv/status/1357334431506178050
މުހިންމު ހިދުމަތެއް ފޯރުކޮށްދޭ ކުންފުންޏެއް ކަމުގައިވާ އެމްޕީއެލް ގެ ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުން ވެކްސިން ޖަހަން ފަށާފައި ވާއިރު، އެމްޕީއެލް އަކީ ލޮކްޑައުންގައި ވެސް ހިދުމަތް ދެމުން އައި ކުންފުންޏެއްކަން ފާހަގަ ކުރެވެއެވެ.
އެޗްޕީއޭ އާ ގުޅިގެން އެމްޕީއެލްގެ މުވައްޒަފުންނަށް ކޮވިޑް ވެކްސިން ދޭން ފެށުމަށްފަހު އެމްފީއެލް އިން ވަނީ އެޗްޕީއޭއަށް ޝުކުރު އަދާކޮށް، އެޗްޕީއޭ އިން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށްފައެވެ.
ރާއްޖޭގައި 3،204 މީހުންނަށް ކޯވިޑް-19 ވެކްސިން ދީފައި ވެއެވެ.
އެޗްޕީއޭއިން އާންމު ކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި މިހާތަނަށް ވެކްސިން ދިން މީހުންގެ ތެރެއިން 2،786 މީހުންނަށް ވެކްސިން ދީފައިވަނީ މާލެގެ އެކި ހޮސްޕިޓަލްތަކުގައި އެވެ. އަތޮޅު ތެރޭގައި މިހާތަނަށް ވެކްސިން ދީފައިވަނީ 418 މީހުންނަށެވެ
މިއަދު ވަނީ މާލޭ ސިޓީ އާއި އައްޑޫ ސިޓީގައި އަލަށް 65 އަހަރުން މަތީގެ މީހުންނަށާއި ޓީޗަރުންނަށް ވެކްސިން ދޭން ފަށާފައި އެވެ. އަދި ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށްވެސް މިއަދު ވެކްސިން ދޭން ފަށާފައިވެ އެވެ.
މިހާރު ރާއްޖޭގައި ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް