އަންހެން ދަރިއަށް ދައްކައިގެން ޖިންސީ އަމަލެއް ހިންގި ދޮންބައްޕައަކު ހައްޔަރުކޮށްފި

އަންހެން ދަރިފުޅަށް ދައްކައިގެން އެކި ދުވަސްމަތިން ޖިންސީ އަމަލެއް ހިންގި ދޮންބައްޕައަކު ހައްޔަރުކޮށްފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި އެ މައްސަލަ ހުށަހެޅީ އުތުރުގެ އަތ...

04 Feb 2021 | 17:38

އަންހެން ދަރިފުޅަށް ދައްކައިގެން އެކި ދުވަސްމަތިން ޖިންސީ އަމަލެއް ހިންގި ދޮންބައްޕައަކު ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި އެ މައްސަލަ ހުށަހެޅީ އުތުރުގެ އަތޮޅެއްގެ ރަށަކުން މިދިޔަ މަހުގެ10 ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ އެ މައްސަލައިގަ ކުޑަ ކުއްޖެއްގެ ހާޒިރުގަ އެކި ދުވަސްމަތިން ޖިންސީ އަމަލެއް ހިންގި ކަމަށް ތުހުމަތުކޮށްފައިވާ ކަމަށެވެ.

" މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 64 އަހަރުގެ ފިރިހެނަކު މިއަދު ވަނީ ހައްޔަރުކޮށްފަ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް