ފްރޭންސިސްކޯ ޑޮމިންގޯ ނަމަކަށް ކިޔާ މި މީހާގެ އަނގަ 17 ސެންޓިމނީޓަރަށް ހުޅުވާލައެވެ.
އެގޮތުން އޭނާ ވަނީ އެންމެ ބޮޑަށް އަނގަ ހުޅުވުމުގެ ދުނިޔޭގެ ރެކޯޑް ހޯދާފައެވެ. އޭގެ އިތުރުން އަތުން ހިފައި އަދި އެއަށް ވުރެން އިތުރަށްވެސް އަނގައިގެ ހަންގަނޑު މި މީހާ ދަމާލައެވެ.
މި މީހާގެ އަނގަ ހުޅުވޭ މިންވަރު ބެލުމަށް ފުރަތަމަ މީނާއަށް ދައުވަތު ދީފައިވަނީ 2010 ވަނަ އަހަރުގެ މާރިޗު މަހުގައެވެ.
https://youtu.be/qYKwr1I0kvE
އެގޮތުން ޔޫޓިއުބްގައި ހިއްސާކޮށްފައިވާ ވީޑިއޯއިން ފެނިގެންދަނީ 330 އެމް.އެލް ގެ ކޯކު ދަޅެއް އެއްވެސް އުނދަގޫ ކަމަކާ ނުލައި ދަޅު އެއްކޮށް ހުރަހަށް އަނގަޔަށްލާ މަންޒަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް