މިއަދު އިތުރު 134 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
އެގޮތުން އެޗްޕީއޭއިން ބުނެފައިވާގޮތުގައި މިއަދު މާލެ އޭރިއާއިން 110 މީހަކު ޕޮޒިޓިވް ވެފައިވާއިރު ރަށްރަށުން ނުވަ މީހަކު ޕޮޒިޓިވް ވެފައިވެއެވެ. އޮޕަރޭޝަނަލް ހާލަތުގައި ހުރި ރިސޯޓްތަކުން 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޮޕަރޭޝަން އަދި ފަށާފައިނުވާ ރިސޯޓަކުން އެކަކު ޕޮޒިޓިވް ވެފައިވެއެވެ.
މީގެ އިތުރުން އިންޑަސްޓްރިއަލް ރަށަކުން މީހަކު ޕޮޒިޓިވްވެފައިވާކަމަށްވެސް ބުނެފައިވެއެވެ.
މިއާއެކު ކޮވިޑަށް ރާއްޖެއިން ޕޮޒިޓިވް ވި ޖުމްލަ އަދަދު މިވަނީ 16410 އަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް