ޖަންމު އަދި ކަޝްމީރުގެ މައްސަލަ، އިންޑިޔާ އަދި ޕާކިސްތާނުން ސުލްހަ އަދި ގަދަރުވެރިކޮށް ހައްލުކުރަން ޖެހޭކަމަށް ޕާކިސްތާނުގެ އާމީގެ އެންމެ އިސްވެރިޔާ، ޗީފް ޖެނެރަލް ކަމަރް ޖާވެދް ބަޖްވާ ބުނެފިއެވެ.
ޕާކިސްތާން އެއާރ ފޯސް އެކަޑެމީގެ ދަސްވެނިވުމުގެ ހަފްލާއެއް ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން ޖެނެރަލް ބަޖްވާ ބުނެފައިވަނީ ޕާކިސްތާނަކީ ދެފަރާތުގެ ގަދަރުވެރިކަމަށާއި، ސުލްހަވެރިކަމާއިއެކު ދެމިއޮތުމަށް މަސައްކަތްކުރާ ގައުމެއްކަމަށެވެ. އަދި މިވަގުތަކީ ހުރިހާ ފަރާތަކާއިއެކުވެސް ސުލްހަ ހަދަންވީ ވަގުތު ކަމަށެވެ.
ޖެނެރަލް ބަޖްވާގެ ހިތާބުގައި ޓެރަރިޒަމާއި ދެކޮޅަށް ކުރާ ހަނގުރާމާގައި ޕާކިސްތާނުގެ އެއާ ފޯސްއިން ކުޅޭ ދައުރަށް ވަނީ ތައުރީފުކުރައްވާފައެވެ.
ޕާކިސްތާނުގެ 'އިންޓް ސާވިސް ޕަބްލިކް ރިލޭޝަންސް' އިން ނެރުނު ބަޔާނެއްގައި ޖެނެރަލް ބަޖްވާ ވަނީ އެގައުމުން ސުލްހައަށް އެދުމަކީ ބަލިކަށިކަމުގެ ނިޝާނެއްގެ ގޮތުގައި ދެކިގެން ނުވާނެކަމަށާއި، ކޮންމެ ނުރައްކަލަކާއިވެސް ކުރިމަތި ލުމުގެ ގާބިލްކަން ޕާކިސްތާނު އަޝްކަރިއްޔާގެ ކިބައިގައި އެބަ ހުރި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް