ކޮންސްޓިޕޭޝަން ނުވަތަ ބަނޑު ހަރުވެ ބޮޑު ކަމުދިޔުމަށް އުނދަގޫވުމަކީ ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ. ޚާއްސަގޮތެއްގައި މާބަނޑު ދުވަސްވަރުގައެވެ. އެހެން ނަމަވެސް މިއީ ގޭގައި ފަރުވާ ކޮށްގެންވެސް ހައްލުކުރެވިދާނެ ކަމެކެވެ.
ގަވައިދުން ކަސްރަތުކުރުން
ޖިމަށް ދިޔުމަކީ އެންމެން ކުރާހިތްވާ ކަމެއް ނޫނެވެ. އެހެން ނަމަވެސް ޖިމަށް ނޮގޮސްވެސް ކަސްރަތު ކުރެވިދާނެއެވެ. އެގޮތުން ކޮންމެ ދުވަހަކު މަދުވެގެން 30 މިނިޓު ހިނގާލުމުންވެސް ފުދެއެވެ. ކޮންމެ ދުވަހަކުވެސް މަދުވެގެން 30 މިނިޓު ގަވާއިދުން ހިނގާލާ ނުވަތަ ދުވެލާ ހެދުމުންވެސް ކޮންސްޓިޕޭޝަނުން ސަލާމަތްވެވެއެވެ.
ފެން ބުއިން
ފެންކީ އިންސާނާގެ ހަށިގަނޑަށް އެންމެ ބޭނުންތެރި އެއް މާއްދާއެވެ. އެގޮތުން ގޮހޮރުގެ ތިން ބައި ކުޅަ އެއް ބަޔަކީ އަބަދުވެސް ފެނަށް ޚާއްސަކޮށް ބަހައްޓަން ޖެހޭ ބައެކެވެ. އެގޮތުން އަންހެނަކު ނަމަ މަދުވެގެން 9 ތަށި ފެން ކޮންމެ ދުވަހަކުވެސް ބޯށެވެ. އަދި ފިރިހެނެއް ނަމަ 13 ތަށި ބޯށެވެ.
ފައިބަރ ހިމެނޭ ކާނާ ކެއުން
ގިނައިން ފައިބަރ ހިމެނޭ ކާނާ ކެއުމަކީ ކޮންސްޓިޕޭޝަނުން ސަލާމަތްވާން ވަރަށް ފަސޭހަ ގޮތެކެވެ. އެގޮތުން ބެރީސް, ދޮންކެޔޮ އަދި އެވަކާޑޯ ފަދަ މޭވާތައް ބޭނުންކުރެވިދާނެއެވެ.
ކާށި ތެޔޮ ބޭނުންކުރުން
އެތެރެ ހަށީގެ ޚާއްސަ ޑޮކްޓަރެއްކަމުގައިވާ ޑޮކްޓަރ އޭރިއަލް މިލަރ ބުނެފައިވާގޮތުގައި ކޮންމެ ދުވަހަކުވެސް ކާށިތެޔޮ 2 ސަމުސާ ބޭނުންކުރާނަމަ ކޮންސްޓިޕޭޝަން މައްސަލަ ދިމާނުވާނެ ކަމަށެވެ. އެގޮތުން ހެނދުނަށް ބޯލާ ކޮފީއާއެކު މިކްސްކޮށްގެން ނުވަތަ ސެލެޑް ތައްޔާރުކުރާއިރު އެއާ މިކްސްކޮށްގެންވެސް ބޭނުންކުރެވިދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް