ހުޅުމާލެ ޖަލުން 31 ގައިދީއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ހުޅުމާލޭ ޖަލުން އިތުރު 31 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. މި 31 މީހުންނަކީ ކުރިން ޕޮޒިޓިވް ވި މީހަކާއި ގުޅިގެން ނެގި ސާމްޕަލްތަކެއްގެ ތެރެއިން ޕޮޒިޓިވް ވި 31 މީހުންނެވެ. މީޑިއާތަކަށް މައުލޫމާތުދެ...

04 Feb 2021 | 15:31

ހުޅުމާލޭ ޖަލުން އިތުރު 31 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

މި 31 މީހުންނަކީ ކުރިން ޕޮޒިޓިވް ވި މީހަކާއި ގުޅިގެން ނެގި ސާމްޕަލްތަކެއްގެ ތެރެއިން ޕޮޒިޓިވް ވި 31 މީހުންނެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ އެކެއް ފެބްރުއަރީ ގައި ހުޅުމާލެ ޖަލުން އަލާމާތްތައް ހުރި ގައިދީއެއް ފެނުނު ކަމަށާއި މިކޭސްއާ ގުޅިގެން ގައިދީންނާއި ސްޓާފުން ހިމެނޭ ގޮތަށް ނެގުނު 112 ސާމްޕަލްގެ ތެރެއިން 31 ސާމްޕަލް ވަނީ ޕޮސިޓިވްވެފައި ކަމަށެވެ. އަދި މިހާތަނަށް ޕޮސިޓިވްވެފައިވަނީ ގައިދީން އެކަނި ކަމުގައިވެސް ތަސްލީމާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ޕޮސިޓިވް ކޭސްތައް ވަނީ އެކަހެރިކުރެވި އަދި ކޮންޓެކްޓުންވަނީ ކަރަންޓީންކުރެވިފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް