އަންނަ މެއި/ ޖޫންގައި ބޭއްވުމަށް ހަމަޖހިފައިވާ އޭއެސް އޭލެވެލް އިމްތިހާނު ކެންސަލް ކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މެއި/ ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭލެވެލް އިމްތިހާނު ފަސް ކުރީ އެޑެކްސެލްއިން ކަމަށެވެ. މިނިސްޓްރީން ބުނީ އެތަނުން ނިންމާފައިވަނީ ދުނިޔޭގެ އެއްވެސް ގައުމެއްގައި މެއި/ ޖޫންގައި އޭލެވެލް އިމްތިހާބު ނުބާއްވަން ކަމަށެވެ.
އެކަން އެޑިއުކޭޝަން މިނިސްޓްރީއަށް އަންގާފައިވަނީ އިއްޔެ އެވެ. އެޑިއުކޭޝަނުން ބުނީ މެއި/ ޖޫންގައި އޭލެވެލް އިމްތިހާން ހަދާ ދަރިވަރުންގެ ފެންވަރު ވަޒަން ކުރުމާއި ސެޓްފިކެޓް ދިނުމުގެ ކަންކަން ކުރިޔަށް ދާނެ ގޮތެއް މިމަހުގެ 22 ގެ ކުރިން އިނގިރޭސިވިލާތުގެ "އޮފްކޮލް" އިން އިއުލާނު ކުރާނެ ކަމަށެވެ.
މެއި/ ޖޫންގެ އިމްތިހާނު ކެންސަލް ކުރިޔަސް މިއަހަރުގެ އޮކްޓޯބަރު/ ނޮވެމްބަރު މަހު ބާއްވާ އޭލެވެލް އިމްތިހާނު ކުރިން ތާވަލްކޮށްފައިވާ ގޮތަށް އޮންނާނެ އެވެ.
އެޑިއުކޭޝަނުން ބުނީ އެޑެކްސެލްއިން އިމްތިހާނު ފަސް ކުރިޔަސް މެއި/ ޖޫންގައި ބާއްވާ އޭލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ އެޕްލިކޭޝަން މަރުހަލާއަށް ބަދަލެއް ނާންނާނެ ކަމަށެވެ. އެހެން ކަމުން މިހާޜުވެސް އިމްތިހާނަށް ތައްޔާރުވަމުންދާ ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ކުރިޔަށް ގެންދިޔުމަށް ސްކޫލްތަކަށާއި އަމިއްލަ ކެންޑިޑޭޓުންނަށް އަންގާފައިވެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ދަނީ ރާއްޖެއިން މި އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ އެސެސްމެންޓް ކުރިޔަށް ގެންދެވޭނެ އިތުރު ގޮތެއް އޮތްތޯ ބެލުމަށް އެޑެކްސެލްއާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެ މިނިސްޓްރީން ބުނީ މި މަޝްވަރާތަކާއި ގުޅޭގޮތުން ސްކޫލްތަކާއި ދަރިވަރުންގެ މަޝްވަރާ ހޯދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް