ކޮވިޑާއެކު ކެންސަރުގެ ރާޅެއްވެސް އައުމުގެ ފުރުސަތު!

ކޮވިޑް-19 ގެ ހާލަތުގައި ގައުމު ދެވަނަ އަހަރަކާ ކުރިމަތިލާފައިވާއިރު ކެންސަރުގެ ނުރައްކާވެސް ބޮޑުވެދާނެ ކަމުގެ ބިރު ހީވެފައިވާކަން މޯލްޑިވްސް ކެންސަރ ސޮސައިޓިން ފާހަގަކޮށްފިއެވެ. ދުނިޔޭގެ ކެންސަރު ދުވަ...

04 Feb 2021 | 12:11

ކޮވިޑް-19 ގެ ހާލަތުގައި ގައުމު ދެވަނަ އަހަރަކާ ކުރިމަތިލާފައިވާއިރު ކެންސަރުގެ ނުރައްކާވެސް ބޮޑުވެދާނެ ކަމުގެ ބިރު ހީވެފައިވާކަން މޯލްޑިވްސް ކެންސަރ ސޮސައިޓިން ފާހަގަކޮށްފިއެވެ.

ދުނިޔޭގެ ކެންސަރު ދުވަހާއި ގުޅިގެން ދުވަހަށް މައުލޫމާތު ހިއްސާކުރައްވަމުން އެ ސޮސައިޓީގެ ކޯ ފައުންޑަރ ހުސެއިން ރަޝީދު މޫސާ އަދި އެ ސޮސައިޓީގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު އަފާ އަދުނާން ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލާއި އައިޖީއެމް ހޮސްޕިޓަލުގެ ނަމްބަރު ތަކަށް ބަލާއިރު 2019 ވަނަ އަހަރާ ބަލާއިރު 2020 ވަނަ އަހަރު ކެންސަރ ކޭސްތަކުގެ ނަމްބަރު މަދު ކަމަށެވެ.

ނަމަވެސް މަދުވުމުގެ މާނައަކީ ރަށްރަށުގައި ތިބި މީހުންނަށް މާލެ ޓްރެވެލް ނުކުރެވި ޑައިގްނޯސް ނުކުރެވޭތީ މަދުވި މަދުވުމެއްކަމުގައި އެ ސޮސައިޓީން ގަބޫލުކުރާކަމަށް ދެންނެވިއެވެ.

"ދެން ފެންނާނީ ކޮމްޕްލިކޭޓް ވެގެންދާތަން" އަފާ ވިދާޅުވިއެވެ.

އަފާގެ އެ ވާހަކައަށް އިތުރަށް އަލިއަޅުވާލާ ވާހަކަ ދައްކަވަމުން އެ ސޮސައިޓީގެ ކޯ ފައުންޑަރ ހުސެއިން ރަޝީދު މޫސާ ވިދާޅުވީ ކުރީގައި ނަމަ ކިރިޔާ ކަމެއް ފެންނައިރަށް މާލެވެސް ނައިސް އިންޑިއާއަށް ބައެއް ދިވެހިން ދަތުރުކުރާ ކަމަށާއި ނަމަވެސް ކޮވިޑްގެ މި ހާލަތުގައި މި ދަތުރުތައް ނުކުރެވުމުން ކޭސްތައް ގިނަވުމުގެ ފުރުސަތު އެބަ އޮތްކަން އެ ސޮސައިޓީން ފާހަގަކުރިއެވެ.ހަމަ މިއާއެކު ކޮވިޑްގެ މި ހާލަތުގައި އެ ޖަމިއްޔާގެ މަސައްކަތްތަކަށްވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން އެ ދެބޭފުޅުން ފާހަގަކުރެއްވިއެވެ.

އެގޮތުން ސްކްރީނިން ދަތުރުތަކަށް އަތޮޅުތަކަށް އެ ޖަމިއްޔާއިން ކުރާ ދަތުރުތަށް ނުކުރެވުމާއި ފިޒިކަލީ ބާއްވާ ބައްދަލުވުންތައް ބޭއްވޭނެ ގޮތް ނުވުމާއި އަދި ވަކިން ހާއްސަ ގޮތެއްގައި އެ ޖަމިއްޔާއަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ކޮވިޑުގައި ދިމާވި ދަތިތަކާހުރެ އެކަމުގެ ސީދާ އަސަރު ކެންސަރ ސޮސައިޓީގެ މާލީ ހާލަތަށްވެސް ކޮށްފައިވާކަން ދެބޭފުޅުން ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް