ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2021 ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2021 ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޒުވާނުން ބާރުވެރިކުރުމަށް ކުރިއަށް ގެން...

04 Feb 2021 | 10:38

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2021 ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޒުވާނުން ބާރުވެރިކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއްކަމަށް ދިރާގުން ބުނެއެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުވުމެވެ. އެގޮތުން މި ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށް ޓްރެއިނިން ލިބި، ވަޒީފާގެ މާހައުލުގައި ތަޖުރިބާ ލިބުމުގެ ފުރުޞަތު ނުހަނު ފުރިހަމަ ގޮތުގައި ލިބިގެންދާނެއެވެ.

މިއީ އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ ދިވެހި ޒުވާނުންނަށް އަމާޒުކޮށްގެން ދިރާގުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިގޮތުން ވަޒީފާގެ ތަޖުރިބާއެއް ލިބިފައި ނެތްކަމަށް ވިޔަސް އޭލެވެލް ނިންމާފައިވާނަމަ އެ ކުދިންނަށް އިސްކަންދޭނެ ކަމަށް ދިރާގުން ބުނެއެވެ.

މިއީ ހަމައެކަނި މާލޭގައި ތިބި ޒުވާނުންނަށް އެކަނި އޮތް ފުރުސަތެއް ނޫނެވެ. މާލޭގެ އިތުރުން  ސ އަތޮޅާއި އަރި އަތޮޅުގެ ރަށްތަކުގެ އިތުރުން ގދ. ތިނަދޫ އާއި ބ.އޭދަފުށީގައި ޤާއިމުކޮށްފައިވާ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައި މި ޕްރޮގްރާމް ކުރިއަށް ދާނެއެވެ.

މި ޕްރޮގްރާމްގައި ދިރާގުގެ ގިނަ ދާއިރާތަކެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ ތެރޭގައި މާކެޓިންގ، ސޭލްސް، ހިއުމަން ރިސޯސަސް،ފައިނޭންސް، ނެޓްވޯކްސް، ބިޒްނަސް ސޮލިއުޝަންސް އަދި އިންފޮމޭޝަން ސިސްޓަމްސް ޑިޕާޓްމަންޓް ހިމެނެއެވެ.

ވަޒީފާގެ މާހައުލަށް އަންނަމުންދާ ކުރިއެރުންތަކާ އަދި ބަދަލުތަކާ އެއްގޮތަށް ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަށްވެސް ދަނީ  އިތުރު  ފުރިހަމަކަމެއް ގެންނަމުންނެވެ. އެގޮތުން، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގެވެރިކަން ހުރި ޒުވާނުންނަށް އެ ފުރުސަތު މިއަހަރު މިވަނީ ހުޅުވާލާފައެވެ.

އައިޓީ ނުވަތަ އެއާ ގުޅޭ ދާއިރާއަކުން ޑިގްރީ ނުވަތަ މާސްޓަރސް ޑިގްރީ އެއް ހާސިލްކޮށް، ކުރިން މަސައްކަތުގެ ތަޖުރިބާއެއް ލިބިފައިނުވާ ދިވެހި ޒުވާނުންނަށް މި ޕޮރޮގްރާމްގައި ބައިވެރިވެވޭނެއެވެ. މި ޕްރޮގްރާމް މެދުވެރިކޮށް އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ސެޕެޝަލައިޒްވާން ބޭނުންވާ ފަރާތްތަކަށް ސެޓިފައިޑް ޓްރޭނިންގ ދެވި، މި ދާއިރާގެ މާހިރުންގެ ފަރާތުން ތަމްރީން ލިބުމުގެ އިތުރުން ވަޒީފާގެ މާހައުލުގައި ތަޖުރިބާ ލިބުމުގެ ފުރުޞަތު ނުހަނު ފުރިހަމަ ގޮތުގައި ލިބިގެނދާނެއެވެ.

މި ޕްރޮގްރާމް ނިންމާ ގިނަ ކުދިންނަކީ މިހާރު ދިރާގުގެ އިތުރުން ރާއްޖޭގެ ތަފާތު ކުންފުނިތަކުގައި ޒިންމާދާރު ވަޒީފާތައް ކާމިޔާބު ކަމާއެކީ އަދާކުރަމުން އަންނަ ޒުވާނުންނެވެ. މިއީ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގެ ކާމިޔާބު ރަމްޒުކޮށްދޭ އެއްހެއްކެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތައް ސީވީ އަދި ބޭނުންވާ އިތުރު ޑޮކިއުމެންޓްތައް 10 ފެބްރުއަރީ 2021 ގެ ކުރިން މި ލިންކް މެދުވެރިކޮށް ދިރާގަށް ފޮނުވޭނެ ކަމަށް ދިރާގުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް