ޓީޗަރުންނާއި 65 އަހަރުން މަތީ މީހުންނަށް މާލެ އާއި އައްޑޫގައި ވެކްސިން ދޭން ފަށައިފި

އުމުރުން65 އަހަރުން މަތީގެ މީހުންނާއި ޓީޗަރުންނަށް މާލެ ސިިޓީ އާއި އައްޑޫ ސިޓީގައި ކޯވިޑް-19 ވެކްސިން ދޭން ފަށައިފި އެވެ. އެޗްޕީއޭއިން ބުނީ އުމުރުން 65 އަހަރުން މަތީގެ މީހުން ރެޖިސްޓްރީކޮށްފައި ނެތް ނ...

04 Feb 2021 | 10:09

އުމުރުން65 އަހަރުން މަތީގެ މީހުންނާއި ޓީޗަރުންނަށް މާލެ ސިިޓީ އާއި އައްޑޫ ސިޓީގައި ކޯވިޑް-19 ވެކްސިން ދޭން ފަށައިފި އެވެ.

އެޗްޕީއޭއިން ބުނީ އުމުރުން 65 އަހަރުން މަތީގެ މީހުން ރެޖިސްޓްރީކޮށްފައި ނެތް ނަމަ ވެކްސިން ދޭ ސެންޓަރުތަކުން ޕޯޓަލްގައި ރެޖިސްޓްރީކޮށްދޭނެ ކަމަށެވެ. ވެކްސިން ޖަހަން ދާއިރު ބައްޔަކަށް ފަރުވާ ކުރާނަމަ ލިޔުންތަކާއި އައިޑީކާޑައި ހިފައިގެން ދިޔުމުން ރެޖިސްޓްރީ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދީ ވެކްސިން ޖެހޭނެ ކަމަށް ބުނެ އެވެ.

ޓީޗަރުންނަށް ވެކްސިން ދެމުން ދަނީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކުގެ ކެޓަގަރީގައި ހިމަނައިގެންނެވެ. އެޗްއީއޯސީން ބުނީ ޓީޗަރުންނަށް އަވަހަށް ވެކްސިން ދޭން ފަށަން ނިންމީ ސްކޫލްތައް ރައްކާތެރި ކުރުމުގެ ގޮތުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް