މިއަދުގެ އޮނަރ ގާޑްގައި ރެކޯޑް އަދަދަކަށް އަންހެން ސިފައިން

ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ސިފައިން މިއަދު އެރުވި އޮނަރ ގާޑްގައި، ރެކޯޑް އަދަދަކަށް އަންހެން ސިފައިން ބައިވެރި ވެއްޖެއެވެ. މި އޮނަރގާޑްގައި 17 އަންހެން ސިފައިން ބައިވެރި ...

04 Feb 2021 | 09:57

ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ސިފައިން މިއަދު އެރުވި އޮނަރ ގާޑްގައި، ރެކޯޑް އަދަދަކަށް އަންހެން ސިފައިން ބައިވެރި ވެއްޖެއެވެ.

މި އޮނަރގާޑްގައި 17 އަންހެން ސިފައިން ބައިވެރި ވެފައި ވާކަމަށް އެމްއެންޑިއެފް އިން މައުލޫމާތު ދެއެވެ. އެހެންކަމުން މިއީ  ސިފައިންގެ ތާރީޚުގައި އެންމެ ގިނަ އަންހެން ސިފައިން އޮނަރ ގާޑް އެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގެ ރިޔާސީ ބަޔާން އިއްވާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މި ޖަލްސާގައި ރައީސް ވަނީ ވަރަށް މުހިންމު ކަންކަން ފާހަގަ ކުރައްވާފައެވެ.

އެގޮތުންރައީސް ވިދާޅުވީ، މަތީ ތައުލީމާއި ތަމްރީނަށް ލޯނުގެ ފުރުސަތު އިތުރުކޮށް މިއަންނަ ހަފްތާގައި ލޯނަށް ކުރިމަތިލުމަށް މިއަންނަ ހަފްތާގައި ހުޅުވިގެން ދާނެ ކަމަށެވެ.

މިއަހަރު ރާއްޖޭގައި މުޅިން އަލަށް 18 ރިސޯޓެއް ހުޅުވޭނެ ކަމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެފައި ވެއެވެ.

ވިލިމާލޭ އާއި ތިލަފުށި ގުޅާ ބްރިޖުގެ މަސައްކަތް ކުރިޔަށް އޮތް ހަ މަސްތެރޭގައި ފަށާނެ ކަމުގެ ޚަބަރުވެސް އެމަނިކުފާނު ދެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް