ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތެރޭގައި މިއަދު ބައެއް މެންބަރުން، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް ނުސީދާ ގޮތެއްގައި "ހޭ އަރުވާލައިފި" ކަމުގައި ޖާބިރު ވިދާޅުވެއްޖެވެ.
ޖާބިރު މިހެން ވިދާޅުވީ އެމަނިކުފާނުގެ އަނބިކަނބަލުން ދިޔާނާ ސައީދު ކުރެއްވި ޓްވީޓަކާއި ގުޅިގެން އިތުރު މައުލޫމާތު ހޯދާލުމަށް ޖާބިރަށް ގުޅާލުމުން ދެންނެވި މައުލޫމާތުގައެވެ.
ދިޔާނާ ވިދާޅުވެފައިވަނީ ނަން އިއްވާ ނެރުން އޯކޭ ކަމަށެވެ. ހޭ އަރުވާލާނެ ކަމަށް ބުނެ، ކުދިންކޮޅެއް ނެރެގެން ތެޅުން އޯކޭ ނޫންކަމަށެވެ.
"މިއަދު މި ޖެހުނީ ހަތަރުދަމު ބޮނޑިތާން އަޅަން އިންނަން" ޖާބިރުގެ ފޮޓޯއަކާއެކު ދިޔާނާގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ޖާބިރު ވިދާޅުވީ މިއަދު އެތާނގައި ކަންތައްތަކެއް ހިނގި ކަމަށެވެ.
"މި ދެންނެވީ މެންބަރުން އަޅުގަނޑު ގައިގަ ގަސްތުގައި ޖެއްސެވިއެކޭ ނޫން، ނަމަވެސް އަޅުގަނޑަށް އަނިޔާވެއްޖެ، ނުސީދާ ގޮތެއްގައި ހޭ އަރުވާލައިފި" ޖާބިރު ވިދާޅުވިއެވެ.
https://twitter.com/dhiyanasaid/status/1357258370105839616
އޭނާ އިތުރަށް ވިދާޅުވީ ދެން މަޖިލީހަށް ދާނީ 5000 މީހުންނާއެކުގައި ކަމަށާއި އޭރަށް ދެން ހަދާގޮތެއް އެ 5000 މީހުންނަށް ފެންނާނެ ކަމަށެވެ. މިއަދު ކަންތައް އެ ކުރީ ރަނގަޅަށް ނޫން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް