ރައްޔިތުންގެ މަޖިލީހުގެ ލައިބްރަރީ އާއި ޑިޖިޓަލް އާކައިވް ރަސްމީކޮށް ހުޅުވައިފި އެވެ.
ލައިބްރަރީރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. މި ރަސްމިއްޔާތު އޮތީ މއަހަރަށް ރައްޔިތުން މަޖިލީސް ހުޅުވައި ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާއަށް ފަހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މަޖިލީހުގެ ލައިބްރަރީގައި 6،688 ލިޔުން އެބަހުރި ކަމަށެވެ. އަދި 1،529 ވީޑިއޯ އާއި 2،133 ފޮތުގެ އިތުރުން 2،214 ފައިލާއި 10،000 އަށްވުރެ ގިނަ ފޮޓޯ ހުންނާނެ ކަމަށެވެ.
މަޖިލީހުން ވަނީ އެތަކެތި އިންޓަނެޓް މެދުވެރިކޮށް ރައްޔިތުންނަށް ބެޭލޭނެ އިންތިޒާމް ހަމަޖެއްސުމަށް ޑިޖިޓަލް އާކައިވްގެ ހިދުމަތް ތައާރަފުކޮށްފައި އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ލައިބްރަރީ އާއި ގުޅޭގޮތުން ވިދާޅުވީ މަޖިލީހުގެ އާންމުންނަށް ކުރިން ނޭނގޭ މި ލައިބްރަރީގައި މަޖިލީހާއި ގުޅޭ ވަރަށް ގިނަ މުސްކުޅި ލިޔުންތައް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ޒަމާނުންސުރެ ލިޔަމުން އައި ޖަލްސާތަކުގެ ޔައުމިއްޔާތައް ހިމެނޭ ކަމަށެވެ.
ނަޝީދު ވިދާޅުވީ ލައިބަރްރީން މަޖިލީހުގައި ކަން ހިނގަމުން ދިޔަ ގޮތް ވަރަށް ރަނގަޅަށް ފެންނަން އެބަހުރި ކަމަށެވެ. އަދި ކުރިން ފެށިގެން އަމަލު ކުރެވެމުން އައި ގާނޫނުތައް ފެންނަން އެބަ ހުރި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް