މުޅި ދުވަހު ޝައިޠާނާ ކިބައިން ސަލާމަތްވެގެން ހުންނަން ބޭނުންތަ

ޝައިތާނަ އަކީ އަހަރެމެންގެ އަދުއްވެއްކަން ކީރިތި ޤުރުޢާނުންނާއި އަދި ރަސޫލާގެ ޙަދީޘްފުޅުތަކުން އަހަރެމެންނަށް ސާބިތުވެއެވެ. ޝައިތާނާއާއި އޭނަގެ އަޢުވާނުން ރެޔާއި ދުވާލު ކުރާ މަސައްކަތަކީ އިންސާނުން މަ...

04 Feb 2021 | 09:12

ޝައިތާނަ އަކީ އަހަރެމެންގެ އަދުއްވެއްކަން ކީރިތި ޤުރުޢާނުންނާއި އަދި ރަސޫލާގެ ޙަދީޘްފުޅުތަކުން އަހަރެމެންނަށް ސާބިތުވެއެވެ. ޝައިތާނާއާއި އޭނަގެ އަޢުވާނުން ރެޔާއި ދުވާލު ކުރާ މަސައްކަތަކީ އިންސާނުން މަގުފުރެއްދުމެވެ. ކަން މިހެން އޮތް އިރު ޝައިތާނާގެ ބައިގަނޑުން ރައްކާތެރިކަން ހޯދަން އަހަރެމެން ޖެހެއެވެ.

عَنْ أَبِي هُرَيْرَةَ رضي الله عنه أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: ” مَنْ قَالَ: لا إِلَهَ إِلا اللَّهُ وَحْدَهُ لا شَرِيكَ لَهُ، لَهُالْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، فِي يَوْمٍ مِائَةَ مَرَّةٍ، كَانَتْ لَهُ عَدْلَ عَشْرِ رِقَابٍ، وَكُتِبَتْ لَهُ مِائَةُ حَسَنَةٍ، وَمُحِيَتْ عَنْهُمِائَةُ سَيِّئَةٍ، وَكَانَتْ لَهُ حِرْزًا مِنَ الشَّيْطَانِ يَوْمَهُ ذَلِكَ حَتَّى يُمْسِيَ، وَلَمْ يَأْتِ بِأَفْضَلَ مِمَّا جَاءَ بِهِ إِلا أَحَدٌ عَمِلَ أَكْثَرَ مِنْ ذَلِكَ

މާނައީ: އަބޫހުރައިރާ رضي الله عنه ވިދާޅުވިއެވެ. رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙާދީޘް ކުރެއްވިއެވެ.” ދުވާލަކު 100 ފަހަރު لا إِلَهَإِلا اللَّهُ وَحْدَهُ لا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ކިޔައިފި މީހާ ދަންނާށެވެ. އޭނާ 10 އަޅުން މިނިވަންކުރިފަދަ އެވެ. (އެބަހީ : އެކަމުގެ ޘަވާބާ ދަރުމަ ލިބޭނެއެވެ). އަދި އޭނާގެ ހެޔޮކަމުގެ ފަތުގައި 100 ހެޔޮކަން ލިޔުންވޭނެއެވެ. އަދި އޭނާގެ ކިބައިން 100 ފާފަ ފުއްސެވޭނެއެވެ. އަދި އެދުވަހުގެ އިރުއޮއްސުމާހަމައަށް އޭނާއަށް ޝައިޠާނާގެ ކިބައިން ރައްކައުތެރިކަން ލިބޭނެއެވެ. އަދި އެދުވަހު އެއަށްވުރެ ހެޔޮވެގެންވާ ކަމަކައިގެން އެއްވެސް މީހަކު ނާންނަހުއްޓެވެ. އެއަށްވުރެ އިތުރަށް ޢަމަލުކޮށްފި މިހަކު މެނުވީއެވެ."

މި ދުޢާ ކޮންމެ ދުވަހަކުވެސް 100 ފަހަރު ކިޔުމަށް އަޒުމު ކަނޑައަޅަމާ ހިނގާށެވެ. އެކި ވަޤުތަށް ބަހާލައިގެން ނަމަވެސް މި ލުއިލުއި ދުޢާގެ ދަރުމައާއި ސަވާބު ހޯދަން ހިނގާށެވެ.

މަސްދަރު: ރާއްޖެ އިސްލާމް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް