ވާހަކަ ދެއްކުމުގައި ދެބަސްވާންޖެހުން މިއީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ. އެހެނަސް އަނެކާގެ އިޙުސާސްތަކަށް އިހުތިރާމް ކުރުމުގެ ގޮތުން ކޮންމެ ކަމެއްގައި ދެބަސްވާ މީހުންނާ ވާހަކަ ދެއްކުމުގައި މިކަންކަމަށް ސަމާލުކަންދޭށެވެ.
އެމީހުންނަކީ މުހިންމު ބައެއްގެ ގޮތުގައި އިހުސާސްކޮށްދޭށެވެ.
ދެބަސްވާ މީހާ ނުވަތަ ހިތްހަމަ ނުޖެހުން ފާޅުކުރާ މީހާގެ ޙަޤީޤަތެއް އަހަރެމެންނަކަށް ނޭންގެއެވެ. އޭނައަށް ދިމާވެފަ ހުރި ކަންތައްތަކުގެ ސަބަބުން ހުންނަ ގޮތަކަށްވެސް އެއީ ވެދާނެއެވެ. އެހެން ކަމުން އެފަދަ މީހަކާވެސް ރީތި ބަހުން މުޚާތަބުކުރާށެވެ.
ފޫހިވާނެހެން ވާހަކަ ނުދެއްކުން
ވާހަކަ ދެއްކުމުގައި ދެބަސްވެ ޒުވާބުކުރާ ހާލަތަށްވެސް އާދެއެވެ. ނުނީ އެކަކު އަނެކަކަށް ހަޅޭއްލަވާ ހާލަތަށްވެސް އާދެއެވެ. ނަމަވެސް މުހިންމީ ކޮންމެ ފަދަ ވާހަކައެއް ދެއްކި ނަމަވެސް ހިތްހަމަ ނުޖެހުނު ނަމަވެސް ތިމާ ދެކެ މީހުން ފަހުން ފޫހިވާނެ ގޮތަކަށް ތިމާގެ ވާހަކަތައް ނުގެންގުޅުމެވެ.
ސަމާސާކޮށްލާށެވެ
ވާހަކަ ދައްކަމުން ދާއިރުގައި އަނެކާގެ ހިތްހަމަ ޖައްސައިދިނުމަށް ސަމާސާކޮށްލުމަކީ ވަރަށް މުހިންމު ކަމެކެވެ. ކޮންމެ މީހަކީވެސް އުފަލުގައި ހުރުމަށް ބޭނުންވާނެ މީހެކެވެ. އެހެން ކަމުން ތިބާއަށް މީހަކު އުފާކޮށްލައިދެވުމުންވެސް ހިތްހަމަ ޖެހުން ލިބިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް