ޔޫއެސްޑަބުލިޔުއެޗްސީ: ކުރިގަމް ކަނބަލުން ފުރަތަމަ މޮޅުހޯދިއިރު، ޖީއާރުއެޗް އަދި ރެހެންދި ކުޅުނު ދެވަނަ މެޗުންވެސް ބަލިވެއްޖެ

މުޅި ލާމު އަތޮޅަށް ހުޅުވާލައިގެން ލ.ފޮނަދޫގައި މިހާރު ކުރިޔަށްދާ ޔުނިކްސް ސްޕޯޓިންގް ވިމެންސް ހޭންޑްބޯލް ޖެލެންޖް 2021 ގައި އިއްޔެ ހަވީރާއި ރޭވެސް ފޯރިގަދަ މެޗުތަކެއް ވަނީ ކުޅެފައެވެ. އިއްޔެ ހަވީރު ކު...

04 Feb 2021 | 06:10

މުޅި ލާމު އަތޮޅަށް ހުޅުވާލައިގެން ލ.ފޮނަދޫގައި މިހާރު ކުރިޔަށްދާ ޔުނިކްސް ސްޕޯޓިންގް ވިމެންސް ހޭންޑްބޯލް ޖެލެންޖް 2021 ގައި އިއްޔެ ހަވީރާއި ރޭވެސް ފޯރިގަދަ މެޗުތަކެއް ވަނީ ކުޅެފައެވެ. އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަލުކޮށްފައިވަނީ ކުރިގަމް ކަނބަލުންގެ ޓީމާއި ރެހެންދި ޓީމެވެ. މި މެޗު 3-7 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ކުރިގަމް ކަނބަލުންގެ ޓީމުންނެވެ. މި މެޗަށް ބަލާއިރު، މިއީ ކުރިގަމް ކަނބަލުން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ.  އަދި ރެހެންދި ޓީމުން ކުޅުނު ދެވަނަ މެޗެވެ. ރެހެންދި ޓީމުން މި މުބާރާތުގައި މިހާތަނަށް ދެމެޗު ކުޅެފައިވާއިރު، މި ދެމެޗުންވެސް އެޓީމު ވަނީ ބަލިވެފައެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކުރިގަމް ކަނބަލުންގެ ޓީމުގެ ޖާޒީ ނަމްބަރ 9 އައިމިނަތް ނަޖީލާއެވެ.

މި މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ގަމު ރީޖަނަލް ހޮސްޕިޓަލްއާއި އައިލެންޑް ޔޫތް ޔުނައިޓެޑްއެވެ. މި މެޗު 2-7 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ އައިލެންޑް ޔޫތް ޔުނައިޓެޑުންނެވެ. މި މެޗަށް ބަލާއިރު، މިއީ މި ދެތީމުންވެސް މުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ. ހޮސްޕިޓަލް ޓީމުން އެޓީމު މުބާރާތުގައި މިހާތަނަށް ކުޅުނު ދެމެޗުންވެސް ބަލިވެފައިވާއިރު، އައިލެންޑް ޔޫތް ކުޅުނު ދެމެޗުގެ ތެރެއިން ފުރަތަމަ މެޗުން އެޓީމު ބަލިވިނަމަވެސް ދެވަނަ މެޗުން ވަނީ މޮޅުވެފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އައިލެންޑް ޔޫތް ޔުނައިޓެޑްގެ ޖާޒީ ނަމްބަރ 21 ހައްވާ ސުމައްޔާއެވެ.

މުބާރާތުގައި އިތުރު ދެމެޗު ރޭ ކުޅެން ހަމަޖެހިފައި ވީ ނަމަވެސް ބޯކޮށް ވާރޭ ވެހި ދަނޑުގައި ފެން ބޮޑުވުމުގެ ސަބަބުން އެ ދެމެޗު ވަނީ ކެންސަލް ކޮށްފައެވެ. އެއީ ތުނޑީ ރިވޮލިޔުޝަން (ޓްރައި) އަދި ގޯޅި ސްޕޯޓްސް ކުލަބު ދައްދަލުކުރަން އޮތް މެޗާއި ހޭޅި އަދި ކާމް އެމްބީޑީ ބައްދަލުކުރަން އޮތް މެޗެވެ.

މި ދެމެޗު ވަނީ މިއަދު ހަވީރު ކުޅުމަށް ޝެޑިއުލް ކޮށްފައެވެ. އެގޮތުން ގޯޅި އަދި ތުނޑީ ރިވޮލިޔުޝަން (ޓްރައި) ބައްދަލުކުރާ މެޗު ހަވީރު 4:15 ގައި ކުޅެން ޝެޑިއުލް ކޮށްފައިވާއިރު، ހޭޅި އަދި ކާމް އެމްބީޑީ ބައްދަލުކުރާ މެޗު ހަވީރު 5:10 ގައި ކުޅުމަށް ވަނީ ޝެޑިއުލް ކޮށްފައެވެ.

މިރޭވެސް މުބާރާތުގެ ތިން މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު، މިރޭ 20:10 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ އެލްވައިއެމް އާއި އެލްވައިޑީއެވެ. އަދި 21:10 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ރެހެންދި ޓީމާއި ޓީމް ރަނިއެވެ. މިރޭ ކުޅުމަށް ހަމަޖެހިފައިވާ ފަހު މެޗުގައި ބައްދަލުކުރާނީ ގަން ރީޖަނަލް ހޮސްޕިޓަލް އަދި ޓީމް ނިރުވާނާއެވެ. މި މެޗު ފަށާނީ 22:10 ގައެވެ.

މި މުބާރާތް ސްޕޮންސަރ ކޮށްފައިވަނީ ޔުނިކްސް ސްޕޯޓިންގް ގެ ފަރާތުންނެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 8000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 4000 ރުފިޔާގެ ފައިސާގެ އިނާމެއް ދިމުމައްވެސް ވަނީ ހަމަޖައްސާފައެވެ.

މި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާރޓްނަރ އަކީ ދުވަސް އޮންލައިންވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް