ސަރުކާރުން އައްޑޫއަށް ވައުދުވެފައިވާ ގިނަ މާޝްރޫއުތައް ހަ މަސްތެރޭ ފަށޭނެ: ރައީސް

މި ސަރުކާރުން އައްޑޫ ސިޓީގައި ކޮށްދޭނެ ކަމަށް ވައުދުވެފައިވާ ގިނަ މަޝްރޫއުތައް ކުރިޔަށް އޮތް ހަ މަސްތެރޭގައި ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ...

04 Feb 2021 | 04:55

މި ސަރުކާރުން އައްޑޫ ސިޓީގައި ކޮށްދޭނެ ކަމަށް ވައުދުވެފައިވާ ގިނަ މަޝްރޫއުތައް ކުރިޔަށް އޮތް ހަ މަސްތެރޭގައި ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިއަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އައްޑޫގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރަން ނިންމާފައި އެބަހުރި ކަމަށެވެ.

އޭގެ ތެރެއިން އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް އެބަދާ ކަމަށް ވިދާޅުވި އެވެ. މި މަޝްރޫއު ކުރިޔަށް ގެންދިޔުމަށް ބީލަމުގެ މަރުހަލާ ނިންމައި މި މަ މަހުގެ ތެރޭގައި އެ މަސައްކަތް ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އިތުރަށް ސަރުކާރުން އެ ސިޓީގައި ކޮށްދޭން ވައުދުވެފައިވާ ކަންކަމުގެ ތެރޭގައި ކަަރަންޓާއި ފެނާއި ނަރުދަމާގެ ނިޒާމުގެ މައްސަލަ ހައްލުކޮށް އެއާޕޯޓު އިތުރަށް ތަރައްގީކޮށް، ޓޫރިޒަމް ކުރިއެރުވޭނެ ފުރުސަތުތައް ފަހިކޮށްދިނުން ހިމެނެ އެވެ. ރައީސް ސޯލިހު މިއަދު ވިދާޅުވީ މި މަސައްކަތްތައް މިއަހަރުގެ ފުރަތަމަ ހަ މަސްތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

އައްޑޫގެ ރަށްރަށުގެ މަގުތަކާއި ބަނދަރުތައް ހަދަން ނިންމާފައި ވަނީ ރާއްޖެ އަށް އިންޑިއާ އިން ދޭ ކްރެޑިޓު ލައިންގެ ތެރެއިން 200 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) އިންނެވެ. އައްޑޫގެ ތަރައްގީ އަށް އިންޑިއާ އިން އެކަނި 200 މިލިއަން ޑޮލަރު ހޭދަކުރަން ނިންމާފައިވެ އެވެ.

އައްޑޫ ސިޓީގެ އެހެނިހެން ކަންކަމަށް ގާތްގަނޑަކަށް 414 މިލިއަން ޑޮލަރު (6.3 ބިލިއަން ރުފިޔާ) ޚަރަދު ކުރާނެ ކަމަށް މި ސަރުކާރުން ކުރިން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް