ރާއްޖެއިން ފުރަތަމަ ފަހަރަށް ފަލަސްތީނަށް ސަފީރަކު ކަނޑައަޅާނީ

ރާއްޖެއިން ފުރަތަމަ ފަހަރަށް ޕަލަސްތީނަށް ސަފީރެއް ކަނޑައަޅަން ނިންމައިފި އެވެ. މިކަން ހާމަކުރެއްވީ މިއަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރައީސް އިބްރާހިމް މު...

04 Feb 2021 | 04:37

ރާއްޖެއިން ފުރަތަމަ ފަހަރަށް ޕަލަސްތީނަށް ސަފީރެއް ކަނޑައަޅަން ނިންމައިފި އެވެ.

މިކަން ހާމަކުރެއްވީ މިއަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްވެވި ރިޔާސީ ބަޔާނުގައި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ރާޢްޖެއިން ޕަލަސްތީނަށް ކަނޑައަޅާނީ ނޮން ރެސިޑެންޝަލް ސަފީރެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ފަލަސްތީނަށް ސަފީރެއް ކަނޑައަޅަނީ ގައުމުތަކާއި އެކު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ކަމަށެވެ.

ރާއްޖޭގެ ހާރިޖީ ގުޅުންތަކާއި ގޮތުން ވާހަކަފުޅުދައްކަަމުން ރައީސް ސޯލިހު ވިދާޅުވީ ހީނަރުވެފައިވާ ހާރިޖީ ގުޅުންތައް އަލުން ބަދަހިކުރަން މިއަހަރު އިސްކަންދެއްވާނެ ކަމަށެވެ. ބޭރު ގައުމުތަކާ އެކު ހާރިޖީ ގުޅުން ދަމަހައްޓާ އިރު، ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުުރަން އަބަދުވެސް ދިވެހި ދައުލަތުން އިސްކަންދެއްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެގޮތުން އިންސާނީ ހައްގުތަށް ހިމާޔަތްކޮށް، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި، ތިމާވެއްޓަށް އަންނަ ބަދަލުތަކުން ރާއްޖެ ރައްކާތެރިކުރުމަކީ ރާއްޖޭގެ ހާރިޖީ ގުޅުންތައް އެ މައްޗަށް ބިނާވެފައިވާ ވަރަށް މުހިއްމު އަސާސް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ރާއްޖެއާއި ބޭރުގައުމުތަކާއި ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް ފޮރިން މިނިސްޓްރީން ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އޭގެ ނަތީޖާއަކީ ކޯވިޑް-19 ގެ ދަތިކަމުގައި ރަހުމަތްތެރި ގައުމުތަކުންނާއި ބައިނަލްއަގްވާމީ ޖަމާއަތްތަކުން ފޯރުކޮށްދިން ދީލަތި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ވިދާޅުވި އެވެ.

ރާޢްޖެއިން ފަލަސްތީނަށް ސަފީރަކު ކަނޑަނޭޅިނަމަވެސް ވޭތުވެދިޔަ އަހަރު ތަކުގައި އަބަދުވެސް ރާއްޖެއިން ބައިނަލްއަގުވާމީ މައިދާނުގައި ފަލަސްތީނު ދިފާއު ކުރެ އެވެ. އަދި އިޒްރާއީލާއި ފަލަސްތީނުގެ މަޝްރަހުގެ މައްސަލަތަކުގައި ރާއްޖެއިން ތާއީދު ކުރަނީ ފަލަސްތީނާއި އެއްކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް