ލާމު ގަމު ރައްޔިތުންނަށް ފޯނުތައް ޗާޖުކުރެވޭނެ ވަގުތީ އިންތިޒާމެއް އުރީދޫ އިން ހަމަޖައްސައިދީފި

އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ކަރަންޓުގެ ދަތިކަން ކުރިމަތިވެފައިވާ ލާމު ގަމުގެ ރައްޔިތުންގެ ފަޮނުފަދަ މުހިއްމު އާލާތްތައް ޗާޖު ކުރެވޭނެ ވަގުތީ އިންތިޒާމެއް އުރީދޫ މޯލްޑިވްސް އިން ހ...

03 Dec 2025 | 17:23
N/A

N/A

އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ކަރަންޓުގެ ދަތިކަން ކުރިމަތިވެފައިވާ ލާމު ގަމުގެ ރައްޔިތުންގެ ފަޮނުފަދަ މުހިއްމު އާލާތްތައް ޗާޖު ކުރެވޭނެ ވަގުތީ އިންތިޒާމެއް އުރީދޫ މޯލްޑިވްސް އިން ހަމަޖައްސައިފިއެވެ.

އުރީދޫއިން އެ އިންތިޒާމު ހަމަޖައްސާފައިވަނީ ގަމު މަތިމަރަދޫ އަވަށުގައި ހުންނަ އުރީދޫ ޓަވަރުގެ ބެކަޕް ޖަނަރޭޓަރު މެދުވެރިކޮށެވެ.

އެމްއެންޔޫ ކޮލެޖް ސަރަހައްދުގައި ގާއިމުކޮށްފައިވާ އެ ޗާޖިން ސްޓޭޝަނަށް ހަމަ ކޮންމެ މީހަކުވެސް ގޮސް ޗާޖު ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ގަމުގެ މަތިމަރަދުއާއި ތުނޑީ އަވަށުގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތްދޭން ގާއިމުކޮށްފައިވާ އިންޖީނުގެ ހުންނަނީ ގަމު ތުނޑީ އަވަށުގައެވެ.

މިއަދު އަސުރެއްހާއިރު ހިނގި އަލިފާނުގެ އެ ހާދިސާގައި އެއް އިންޖީނު ހަލާކުވެފައިވާއިރު ހުރިހާ ގެބިސީއަކަށް ކަރަންޓު އަލުން ދެވޭތޯ ފެނަކައިން އަންނަނީ މަސައްކަތް ކުރަމުންނެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް