ކުއްޅަވައްފަލު ރަނިން އާ ވާހަކަ ދައްކާލައިފިންތަ ؟

އުރީދޫ ގެ އޭ.އައި ޗެޓްބޮޓު މެދުވެރިކޮށް ކުއްޅަވަށްފަލު ރަނިން އާ ވާހަކަ ދައްކައިފިންތަ. މި ޑިސެމްބަރ މަހު އުރީދޫ މޯލްޑިވްސްގެ ކަލަންޑަރު އަދި އޭ.އައި ޗެޓްބޮޓުން ބައްދަލުކުރާނީ ކުއްޅަވަށްފަލު ރަނިންނެވ...

03 Dec 2025 | 15:12
N/A

N/A

އުރީދޫ

ގެ އޭ.އައި ޗެޓްބޮޓު މެދުވެރިކޮށް ކުއްޅަވަށްފަލު ރަނިން އާ ވާހަކަ ދައްކައިފިންތަ.

މި ޑިސެމްބަރ މަހު އުރީދޫ

މޯލްޑިވްސްގެ ކަލަންޑަރު އަދި އޭ.އައި ޗެޓްބޮޓުން ބައްދަލުކުރާނީ ކުއްޅަވަށްފަލު

ރަނިންނެވެ.  އުރީދޫ މޯލްޑިވްސްގެ 2025

ވަނަ އަހަރުގެ ކަލަންޑަރުގެ ބިނާ ކުރެވިފައިވަނީ ދިވެހި ފޯކްލޯރ ވާހަކަ ތަކުގެ

އެކި ޝަހްސިއްޔަތުތަކަށެވެ.  އަދި އޭ އައި

މެދުވެރިކޮށް މި ޝަހުސިއަޔްތުތަކާ ވާހަކަ ދެކެވޭ ގޮތް މިވަނީ ފަހިކޮށްދީފައެވެ.

ކުއްޅަވަށްފަލު

ރަނިންނަކީ ކުއްޅަވަށް ފަލެއްގައި އުޅެ ބޮޑުވި ރީތިއަންހެންކުއްޖެކެވެ. ރަސްމީ

ދަތުރުފުޅެއްގައި ރަސްގެފާނަށް މިކުއްޖާ ފެނި ކަމުގޮސްގެން ކައިވެނިބައްލަވައިގެން

އެކުއްޖާ ގެންދެވިއެވެ. ގަނޑުވަރުގައި ދިރިއުޅެން ފަށައި ދުވަސްތައް ވޭތިވަމުން ދިޔައިރު

މި ކަމަނާއަށް އޭނާގެ އަސްލު، އަދި ފެށުން އޮޅުނެވެ. އަދި ކުއްޅަވަށް އެއީ

ކޯޗެއްކަންވެސް ހަނދާންނެތި ދިޔައެވެ. މިކަމާ ރަސްގެފާނު ނުރުހުންވެ، އެކަމަނާގެ

ބޮޑާކަން ފެނި އަނބުރާ ކުއްޅަވަށް ފަލަށް ފޮނުވާލިއެވެ. އަދި އޭނާއަށް އެތަނުގައި

ކުއްޅަވަށްފަލު ރަނިން ކިޔުނެވެ.

ޒަމާނުއްސުރެ އަޑުއަހަމުން

އައި ފުލޯކު ވާހަކަތައް ކަމަށްވާ "ފޫޅުދިގު ހަންޑި"އާއި "ސަފަރު

ކަތްދަ" ފަދަ 12 ކެރެކްޓަރ މި ކަލަންޑަރުގައި ހިމެނެއެވެ. މިވާހަކަތަކަކީ

ދިވެހިންގެ ސަގާފަތުގެ، ދިވެހިންގެ ތަރިކައިގެ މުހިންމު ބަޔެކެވެ. މިއީ ހަމައެކަނި

މޭޒުމަތި ފަޅުފިލުވާލަދޭނެ ކަލަންޑަރެއް ނޫނެވެ- މިއީ އިންޓަރެކްޓިވް އެކްސްޕީރިއަންސެކެވެ.

އެޑްވާންސް އޭއައި ޗެޓްބޮޓް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް މިހާރު މި އައިކޮނިކް

ކެރެކްޓާތަކާ ސީދާ ވާހަކަދައްކާލެވޭނެއެވެ. ކޮންމެ ކެރެކްޓާއަކުން ވެސް ވާހަކަތައް

ހިއްސާކޮށް، ސުވާލުތަކަށް ޖަވާބު ދީ، އެ މީހުންގެ ދުނިޔެއާ ބެހޭ ގޮތުން މައުލޫމާތު

ފޯރުކޮށްދީ، މީގެ ކުރިން ހީވެސް ނުކުރާ ފަދަ ގޮތަކަށް ފޯކްލޯރ ތަޖުރިބާ ކުރުމުގެ ފުރުސަތު

ލިބިގެންދާނެ އެވެ. ކޮންމެ މަހަކު ވެސް ކަސްޓަމަރުން ޗެޓް ކުރުމަށް އާ ކެރެކްޓާއެއް

އަންލޮކް ވެގެންދާނެއެވެ..

މިއީ

ދިވެހި ތަރިކަ ހިމާޔަތްކޮށް، މާނަހުރި ގުޅުމެއް އުފައްދައި، ޓެކްނޮލޮޖީ

ބޭނުންކޮށްގެން ޖީލުތަކުގެ މެދުގައި  ގުޅުންދަމަހައްޓާ

ޑިޖިޓަލް މޯލްޑިވްސް އެއް ބިނާކުރުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ

މުހިންމު ބޮޅެކެވެ..

އިހުގެ ވާހަކަތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބައްދަލުވާ މި ދަތުރުގައި އަޅުގަނޑުމެންނާ

ގުޅިވަޑައިގެން، އަޅުގަނޑުމެންގެ ކުރީގެ ވާހަކަތަކުން އަންނަން އޮތް ޖީލުތަކަށް ގެންދިއުމުގައި

ބައިވެރިވުމަށް ދައުވަތު އަރުވަމެވެ.

އުރީދޫގެ އޭ.އައި ޗެޓްބޮޓް މެދުވެރިކޮށް ބަޑި އެދުރާ ވާހަކަ ދައްކާލުމަށް

https://ore.do/aifolktales.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް