އެޗްޑީސީން ނުކުޅެދޭ 30 ފަރާތަކަށް ވަޒީފާ ދީފި

އެޗްޑީސީން ނުކުޅެދުންތެރިކަން ހުންނަ 30 ފަރާތަކަށް ވަޒީފާ ދީފިއެވެ. އެޗްޑީސީއިން ބުނެފައިވާގޮތުގައި މިއީ އެޗްޑީސީން އިޖުތިމާޢީ ޒިންމާ އަދާކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ މުހިންމު މަސައްކަތެކެވެ. އިއ...

03 Dec 2025 | 06:27
N/A

N/A

އެޗްޑީސީން ނުކުޅެދުންތެރިކަން ހުންނަ 30 ފަރާތަކަށް

ވަޒީފާ ދީފިއެވެ.

އެޗްޑީސީއިން ބުނެފައިވާގޮތުގައި

މިއީ އެޗްޑީސީން އިޖުތިމާޢީ ޒިންމާ

އަދާކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ މުހިންމު މަސައްކަތެކެވެ.

އިއްޔެ ބޭއްވި މި ރަސްމިއްޔާތުގައި ދިވެހި ރާއްޖޭގެ

އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު،

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ މިނިސްޓަރު ޑރ. ޢާއިޝަތު

ޝިހާމް، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔާރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު

ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެޗްޑީސީއިން ބުނެފައިވާގޮތުގައި

މި 30 ފަރާތްތަކަށް ވަޒީފާ ދިނުމަކީ

އެޗްޑީސީގެ މަސައްކަތްތަކުގައި ހަމަހަމަކަން ޤާއިމުކުރުމަށް ކުރާ މަސައްކަތުގެ

ބައެކެވެ. މިފަދަ ފަރާތްތަކަށް ވަޒީފާ ދިނުމުގެ މުހިންމުކަމަކީ، އެފަރާތްތަކުގެ

ޤާބިލުކަން ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމާއި، އިޤްތިސާދީ ގޮތުން

އެހީތެރިވެދިނުމެވެ. މިވަގުތުވެސް އެޗްޑީސީގެ އެކިއެކި ޑިޕާރޓުމަންޓުތަކުގައި

ނުކުޅެދޭ ފަރާތްތަށް މަސައްކަތްކުރަމުންދެއެވެ.

މި ރަސްމިއްޔާތުގައި، އެޗްޑީސީގެ ވެބްސައިޓަށް

އާންމުންނަށް ޚިދުމަތް ދިނުމަށް ތައާރަފުކުރެވުނު އޭއައި ބޮޓް "މިތުރު"

ވެސް ވަނީ ތައާރަފުކޮށްފައިއެވެ. މީގެ އިތުރުން، ވެބްސައިޓަށް އިތުރު އެކްސެސިބަލް

ފީޗާސްތަކެއް ވެސް ވަނީ އިތުރުކުރެވިފައެވެ. މިކަމުގެ ސަބަބުން ނުކުޅެދޭ

ފަރާތްތަކަށް އެޗްޑީސީގެ ހިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.

ހަމަހަމަ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ކުރެވެންހުރި

ހުރިހާ މަސައްކަތްތަކެއް އެޗްޑީސީން ކުރަމުން ގެންދާނެއެވެ. މީގެ އިތުރުން، މިފަދަ

އިޖުތިމާޢީ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަކީ އެޗްޑީސީގެ މައިގަނޑު އެއް

އަމާޒެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް