މިއަދު އިރުއޮއްސުމާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 36 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ މައުލޫމާތައް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 32 މީހުންނާއި ރިސޯޓުތަކުން ދެ މީހުންނާއި އަތޮޅުތެރެއިން ވެސް ދެމީހުން ކަމަށެވެ.
އިއްޔެގެ 18:00 އިން މިއަދުގެ 18:00 އަށް 36 މީހުން ބައްޔަށް ފައްސި ވެފައިވާއިރު މިހާރު ރާއްޖެއިން މިބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 13،106 އަށް އަރާފައެވެ.
153 މީހުން ކޮވިޑް ބަލިން މިއަދު ރަނގަޅުވެފައިވާއިރު، ރާއްޖެއިން މިހާރު ކޮވިޑް ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 12،154 އަށް އަރާފައެވެ.
ކޮވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 47 މީހަކު ވަނީ ނިޔާވެފައެވެ. އަދި މި ބައްޔަށް ހޮސްޕިޓަލްތަކުގައި މިހާރު ފަރުވާދެމުން ދަނީ 86 މީހުންނަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް