ދިވެހި ޒުވާނުން މަސްތުވާތަކެއްޗާ ދުރުކުރުމަށް، އަންނަ އަހަރު މުހިންމު މަސައްކަތްތަކެއް ސަރުކާރުން ފަށަނީ

ދިވެހި ޒުވާނުން މަސްތުވާތަކެއްޗާ ދުރުކުރުމަށް، އަންނަ އަހަރު ތެރޭގައި މުހިންމު މަސައްކަތްތަކެއް ސަރުކާރުން ފަށްޓަވާނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ވިދާޅުވެއްޖެ އެވެ. ހައްދ...

03 Dec 2020 | 14:58

ދިވެހި ޒުވާނުން މަސްތުވާތަކެއްޗާ ދުރުކުރުމަށް، އަންނަ އަހަރު ތެރޭގައި މުހިންމު މަސައްކަތްތަކެއް ސަރުކާރުން ފަށްޓަވާނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ވިދާޅުވެއްޖެ އެވެ.

ހައްދުންމަތީ ގަމު ރައްޔިތުންނާ ބައްދަލުކުރައްވާ ވިދާޅުވީ މަސްތުވާތަކެތީގެ ޝިކާރައަކަށްވެ، ޢާއިލާތަކުގައި ދިރިއުޅުމުގެ ފުރުޞަތު ގެއްލި މަގުމަތިވެފައިވާ ޒުވާނުން އަނބުރާ މުޖްތަމަޢަށް ގެނައުމަކީ، މިއަދު ކުރަންޖެހިފައިވާ މުހިންމު ކަމެއް ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ އެތައް އަހަރެއްވެގެން ދިޔައިރުވެސް އަޅާނުލެވި، ޙައްލުނުކުރެވި މިއަދުގެ ސަރުކާރާއި ހަމައަށް ވާރުތަވެފައި އޮތް އިޖްތިމާޢީ އަދި އިޤްތިޞާދީ ބޮޑު މައްސަލައެއް ކަމަށެވެ.

އެހެންވުމުގެ ސަބަބުން ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ އެފަދަ ޒުވާނުން، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކޮށް، ބިނާކުރަނިވި ބައެއްގެ ގޮތުގައި މުޖްތަމަޢަށް އަނބުރާ ގެނައުމަށް ކަމަށް ވެސް ރައީސް ސާލިޙް ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ހަމައެކަނި އަދަބު ދީގެން ހައްލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް