ދަރިން ނުލިބުމުގެ މަައްސަލައަކީ ގިނަ ބަޔަކަށް ދިމާވާ މައްސަލައެކެވެ. އަޅުގަނޑުމެންގެ ދިވެހިންގެ ތެރޭގައި އާންމު މައްސަލަ އެކެެވެ. އުފާވެރި ހަޔާތެއް ފެށުމަށް ކުރާ ކައިވެނީގެ ފޮނި އުންމީދުތައް ފުނޑުފުނޑުވެ ދެމީހުން ވަކިވާން ޖެހޭ ހިސާބަށް ދަނީ މަދުފަހަރަކު ނޫނެވެ. ދަރިން ނުލިބުމުގެ މައްސަލަ ދެމަފިރިން ކުރެ ކޮންމެ މީހެއްގެ ފަރާތުން ވެސް އަތުވެދާނެ އެވެ. ބައެއް ފަހަރު އަންހެނުންގެ ފަރާތުންނެވެ. އަނެއް ބައިފަހަރު ފިރިހެނުންގެ ފަރާތުންނެވެ.
ފަހުގެ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި މިފަދަ މައްސަލަތް ގިނައިން ދިމާވަނީ ފިރިހެނުންގެ ދަރިފަނީގެ މައްސަލަ އަކުންނެވެ. އެގޮތުން ފިރިހެނުންގެ ދަރިފަނި އިތުރު ކުރުމަށް ޑޮކްޓަރީ ބޭސްފަރުވާގެ ބަދަލު މޭވާއެއްގެ ބާވަތަކުންވެސް މިކަން ހައްލުކުރެވިދާނެ ކަމަށް މި ދިރާސާގައި ބުނެފައިވެއެވެ.
މި ދިރާސާ ރިޕޯޓަށް ބަލާއިރު، ފިރިހެނުންގެ ދަރިފަނި ގިނަކުރަން ނުވަތަ އިތުރު ކުރަން ދޮންކެޔޮ ގިނައިން ކެއުން މުހިންމު ކަމަށް ބުނެފައިވެއެވެ.
ދޮންކޭލަކީ ވިޓަމިން އޭ، ސީ އަދި ބީ1 އިން މުއްސަނދި ވެފައިވާ މޭވާ އެކެެވެ. ކޮންމެ ދުވަހެއްގެ ކެއުމުގައި ދޮންކެޔޮ ހިމަނާނަމަ ދުޅަހެޔޮ ދަރިފަނި އުފެދުމަށް މަގުފަހިވެއެވެ.
ދަރިފަނި އިތުރުވުމުގެ އިތުރުން ދޮންކޭލަކީ ގިނަ އެހެން ބަލިތަކައް ވެސް ހުރި ރަނގަޅު ފަރުވާއެކެވެ. އެގޮތުން މާޔޫސްވުމުގެ ބަލި ( ޑިޕްރެޝަން ) ، ކިޑްނީ ކެންސަރ ،ކަށީގެ ބަލިތައް ، ލޯ އަނދިރިވުން ، ހެނދުނު ހޭލާއިރު ވާ އުނދަގޫތައް، މިސާލަކަށް ކިބިހި އެޅުން، ބޮލުގައި ރިއްސާ ގޮތްވުން ، ހުންވައްތަރުވެ ކަންނެތް ވެފާ ހުރުން ފަދަ ބަލިތަކުން ދިފާއު ކޮށްދޭ މޭވާއެކެވެ.
ދޮންކޭލަކީ ސިކުނޑި ތާޒާކޮށްދިނުމާއެކު ކަންބޮޑުވުމާ ހާސް ކަން ފިލުވާލުމަށްވެސް މޮޅު ފަރުވާއެކެވެ. ކަންބޮޑުވެ ހާސްވާކަހަލަ ކަމެއް ދިމާވެއްޖެނަމަ އެންމެ އަވަސް ފަރުވާ އަކީ ދޮންކެޔޮ ކެއުންކެއުންކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.
ދޮންކޭލަކީ ޕޮޓޭސިއަމް އިން މުއްސަނދިވެފައިވާ ކާނާއަކަށް ވާތީ ދޮންކެޔޮ ކެއުމުން ލޭގައި ހުންނަ ރެޑްސެލް ނުވަތަ ހިމޮގްލޮބިން މަދުވުމުން ހަށިގަނޑު ދިފާއު ކޮށްދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް