އެމް.އެން.ޑީ.އެފް.ގެ އަސްކަރީ ތަމްރީނުގެ ޑެމޮންސްޓްރޭޝަން، ރައީސް ސާލިހު ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ހައްދުންމައްޗަށް މިއަދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކައްދޫގައި ޤާއިމުކޮށްފައިވާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ ސެންޓްރަލް އޭރިއާގެ މަރުކަޒަށް ޒި...

03 Dec 2020 | 13:00

ރައީސުލްޖުމްހޫރިއްޔާ ހައްދުންމައްޗަށް މިއަދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކައްދޫގައި ޤާއިމުކޮށްފައިވާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ ސެންޓްރަލް އޭރިއާގެ މަރުކަޒަށް ޒިޔާރަތްކުރައްވާ، ސިފައިންގެ އަސްކަރީ ތަމްރީނުގެ ޑިމޮންސްޓްރޭޝަން ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހައްދުންމަތީގެ ދެ ރަށަށް ކުރައްވާ މި ޒިޔާރަތުގައި ފުރާވަޑައިގެންނެވީ މިއަދު މެންދުރު ކުރީގައެވެ.

މިއަދު މެންދުރުފަހު ކައްދޫގައި ކުރިއަށްދިޔަ އަސްކަރީ ތަމްރީނުތަކުގެ ޑެމޮންސްޓްރޭޝަނަކީ މިދިޔަ ނޮވެމްބަރު މަހުގެ 16 އިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެމް.އެން.ޑީ.އެފްގެ އަސްކަރީ ތަމްރީނުތަކުގައި ސިފައިން ހޯދާފައިވާ ހެވިކަމުގެ ހުނަރުތައް ދައްކާލުމަށް ކުރިއަށްގެންދިޔަ ޑެމޮންސްޓްރޭޝަނެކެވެ.

ދިވެހި ސިފައިންގެ އަސްކަރީ ޤާބިލިއްޔަތު އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ މި ތަމްރީނުތައް ދައްކާލުމަށް ބޭއްވި ޑެމޮންސްޓްރޭޝަނުގައި ސިފައިން ވަނީ ކްލޯސް ކުއާޓަރ ބެޓްލް ކޯސް އަދި މާރކްސްމަންޝިޕްގެ ހުނަރުތައް ދައްކާލާފައެވެ.

މި ތަމްރީނުތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އަދި ސިފައިންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް