ފްލެޓްތަކުގެ ކުލި ދެއްކުން ފަސްކޮށްދިނުމަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

ސަރުކާރުން ދޫކޮށްފައިވާ ފްލެޓާއި ހައުސިން ޔުނިޓުތަކުގެ ކުލި ދެއްކުން ފަސްކޮށްދިނުމަށް އެދުމުގެ މުއްދަތު އިތުރުކޮށްދީފި އެވެ. ކޯވިޑް-19 އާއި ގުޅިގެން ކުލި ފަސްކޮށްދޭން ނިންމީ މިއަހަރުގެ މާޗު މަހުން ފެށ...

03 Dec 2020 | 09:09

ސަރުކާރުން ދޫކޮށްފައިވާ ފްލެޓާއި ހައުސިން ޔުނިޓުތަކުގެ ކުލި ދެއްކުން ފަސްކޮށްދިނުމަށް އެދުމުގެ މުއްދަތު އިތުރުކޮށްދީފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން ކުލި ފަސްކޮށްދޭން ނިންމީ މިއަހަރުގެ މާޗު މަހުން ފެށިގެން އޮގަސްޓު މަހުގެ ނިިޔަލަށެވެ. އެކަމަކު ފަހުން ވަނީ ގިނަ ބައެއްގެ އެދުމުގެ މަތިން ސެޕްޓެމްބަރު، އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގެ ކުލި ދެއްކުން ފަސް ކޮށްދިނުމަށް ނިންމާފައިވެ އެވެ.

ހައުސިން މިނިސްޓްރީން ބުނީ ކުލި ދެއްކުން ފަސްކޮށްދެނީ އެކަމަށް އެދޭ ފަރާތްތަކަށް ކަމަށެވެ. އަދި ކުލި ދެއްކުން ފަސްކޮށްދިނުމަށް އެދުމުގެ މުއްދަތު އިތުރު ކުރަން ނިންމީ ގިނަ ފަރާތްތަކަކުން އެކަމަށް އެދެމުންދާތީ ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ ކުލި ދެއްކުން ފަސްކުރަން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެކަމަށް އެދުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. އެކަމަށް އެދެން ޖެހެނީ [email protected] އީމެއިލް މެދުވެރިކޮށެވެ.

ހައުސިން މިނިސްޓްރީން ބުނީ ފްލެޓާއި ހައުސިން ޔުނިޓުތަކުގެ ކުލި ދެއްކުން ފަސްކޮށްދިނުމަށް ނިންމި ނަމަވެސް ފްލެޓްތަކުގެ މެއިންޓަނަންސް ފީ އެ މުއްދަތުގައި ދައްކަން ޖެހޭނެ ކަމަށާއި އަދި ކުލި ފަސްކުރާ މުއްދަތު އެގްރިމެންޓްގެ މުއްދަތަށް އިތުރު ކުރެވޭނެ ކަމަށް ބުނެ އެވެ. މާލެ،

ހުޅުމާލެ އަދި އަތޮޅުތަކުގައި ސަރުކާރުން އަޅާފައިވާ ފްލެޓުތަކާއި ހައުސިން ޔުނިޓުތަކުން ކުލި ފަސްކޮށްދިނުމަށް އެދެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް